
ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމުގެ ވަރުގަދަކޮށް، އަދި އެކަން ސާބިތުވެސްކޮށްދެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފ.ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަޖުރިބާކޮށްފައި ހުރި މީހެއްގެ ޙައިސިއްޔަތުން، ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރަމުންދާ ކޮމިޓީތަކަށް ހުރި ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން، އަތޮޅުތަކަށް ކުރާ ދަތުރުތަކަކީވެސް، ރައްޔިތުންނާ ކައުންސިލްތަކާ ގާތުން ބައްދަލުވެ، ސަރުކާރަށް ރައްޔިތުންގެ ފަރާތުން ކަންކަން ހުށައެޅުމަށް އޮތް އުނދަގޫ ނިޒާމު ލުއިފަސޭހަކޮށްދެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.
ރައީސް ވަނީ މި ދަޢުރުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާފައިވާއިރު، އޭގެ ދެވަނަ ބުރުވެސް ފުރިހަމަވުމާއި ގާތަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާފައި ނުވަތަ އަންނަ މަހުގެ މެދުތެރޭގައި، ދެވަނަ ފަހަރަށް ހުރިހާ ކައުންސިލްތަކާ ބައްދަލުކުރުމުގެ މަސައްކަތް ފުރިހަމަކުރެވޭނެކަމަށެވެ. “މިއަދު މި ރަށުގެ ކައުންސިލާ ބައްދަލުވީމަ ރައްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުވެ، އަދި ދެވަނަ ބުރަށް 86 ކައުންސިލާ މިވަނީ ބައްދަލުކުރެވިފަ. ސަރުކާރަށް 2 އަހަރުވެގެންދާއިރު، ޢަމަލީގޮތުން މި ނިޒާމު ޗެމްޕިއަންކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކުންފުނިތަކުގެ ވެރިންނާ ވަޒީރުން ގޮވައިގެން އަޅުގަނޑު މިދަނީ ރައްޔިތުން ގާތަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ނިޒާމު ތަޖުރިބާކުރި މީހެއްގެ ޙައިސިއްޔަތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހެޔޮބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އެގޮތުން ރޯދަ އިނާޔަތް ހަމަޖައްސައިދިނުމުގެ މަސައްކަތުގެ އިތުރުން، ކައުންސިލްތަކުގެ ބަޖެޓުން ޑަބްލިއުޑީސީއަށް ދޭ ބަޖެޓުވެސް ބޮޑުކުރެއްވުމަށް ނިންމަވާފަވާކަމަށެވެ. “ޑަބްޑިއުޑީސީއަށް ކައުސިލްގެ ބަޖެޓުން ދޭ %5، %10އަށް އިތުރުކުރަން ނިންމާފަ މިވަނީ. މުސާރައާ އެލަވަންސްގެ އިތުރަށް.” ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުން ފެށިގެން ވަރަށް މުހިންމު ބަދަލުތަކެއް ލާމަރުކަޒީ ނިޒާމަށް އަންނާނެކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
