
ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކާއެކު ނިލަންދޫގައި އަރބަން ސެންޓަރެއްގެ ހަޤީގީ ކުލަ ޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފ.ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް، އަރބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަމުންދާކަމަށެވެ. ފ.ނިލަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، ރައީސް ވިދާޅުވީ ރަށުގެ އެއަރޕޯޓް މަޝްރޫޢުވެގެންދާނީ މިކަމަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަށްކަމަށެވެ. އަދި ނިލަންދޫ އެއަރޕޯޓްވެގެންދާނީ، ވަރަށް ފުރިހަމަ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށެވެ.
“އެންމެ ގިނަވެގެން ދެ އަހަރާ ބައިގެތެރޭގައި އެއަރޕޯޓްގެ މަސައްކަތް ނިންމާނަން. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ވަރަށް މުހިންމު މަސައްކަތެއް. އެއަރޕޯޓަކީ އަރބަން ސެންޓަރަކަށް އެންމެ މުހިންމުވާނެ މަޝްރޫޢު” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނިލަންދޫގެ ރައްޔިތުން އެންމެ ބޮޑު ޙައްލެއް ބޭނުންވާ އެއް މައްސަލައަކީ ނަރުދަމާގެ މައްސަލަކަމަށްވާއިރު، އެ މަޝްރޫޢުވެސް މި ދަތުރުގައި ފެށިގެންދާކަމަށެވެ. އަދި ގްރެވިޓީ ނަރުދަމާ ނިޒާމަކާއެކު، 2 އަހަރުގެތެރޭގައި މި މައްސަލައަށް ދާއިމީ ޙައްލު ގެންނަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ފެނުގެ ނިޒާމުގެ ވިއުގަ ޤާއިމުކުރުމުގެ މަސައްކަތުގެ %90 ނިމިފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން އެ ޚިދުމަތްވެސް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޑައިލިސިސްފަދަ ސިއްޙީ ޚިދުމަތްތައް ރަށުގައި ފެށުމަށް ތައްޔާރުވެފައިވީނަމަވެސް އެކަން ރަށުގައި ނުފެށި އޮތީ، ރައްކާތެރި ފެނުގެ ނިޒާމެއް ރަށުގައި ނެތުމުންކަމަށެވެ.
ރައީސް ވިދާޅުވީ އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން، މި ސަރަޙައްދަށް ޚާއްސަކޮށް ނިލަންދޫގައި ތަރައްޤީކުރާ ފިއުލް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރުގެ މާޗުގެ ނިޔަލަށް ޤާއިކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ ނިލަންދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ވާގޮތަށް، 200 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްކުރިއަށްދާކަމަށެވެ. އަދި އަންނަ އަހަރު ނިލަންދުއަށް ކަނޑައަޅާ މަޝްރޫޢުތަކުގައި އެންމެ އިސްކަމެއްދީގެން ރަށުގައި އެންމެ ޒަމާނީ އިސްލާމީ މަރުކަޒަކާ، ފެންވަރު ރަނގަޅު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވަކިން ހޭންޑް ބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ނިލަންދޫގައި ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފަހިކޮށްދިނުމަށް، މަޝްރޫޢުއެއް ފެށުމަށް ނިންމަވާފައިވާކަންވެސް އިޢުލާނުކުރައްވާފައެވެ.
“50 އެނދުގެ ފުލް ފްލެޖް ހޮސްޕިޓަލެއް ތަރައްޤީކުރާނަން. މިކަން ކުރަނީ ސައުދީ ފަންޑްގެ އެހީގައި. ފަންޑް ވަނީ ހަމަޖެހިފަ. ޢަމަލީ މަސައްކަތް ފަށަން ބޭނުންވާ ތައްޔާރީތައް ދަނީ ކުރިއަށް” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނިލަންދޫ ވެގެންދާނީ އެންމެ ކުރިއަރާފައިވާ އަރބަން ސެންޓަރަކަށްކަމަށެވެ. އަދި ސަރުކާރުން ފައްޓަވާފައިިވާ މަޝްރޫއުތައް ނިމިގެންދާއިރު، ރަށަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފުރިހަމަވެ، އަރބަން ސެންޓަރެއްގެ ޙަޤީޤީ ކުލަ ޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
