
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފ.ފީއަލީގައި ހުއްޓިފައިވާ މަސައްކަތްތައް އަންނަ އަހަރު އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފ.ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ފ.ފީއަލީ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ހުށަހެޅި އެންމެ މުހިއްމު ކަމަކީ އެރަށުގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ މައްސަލައެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓިފައި އޮތުމާ، ފެނާ ނަރުދަމާގެ ޚިދުމަތް އަވަސްކުރުމާ، ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ފަށާފަވާ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުން ވަނީ އެދިފައެވެ. އަދި ރަށުގައި މިހާރު ހިންގަމުންދާ އައިސް ޕްލާންޓް، ކައުންސިލްގެ ޙިއްސާއެއް އޮންނަގޮތަށް ހިންގަވައިދެއްވުމަށް ކައުންސިލުން ވަނީ ރައީސްއަށް ދަންނަވާފައެވެ.
“ރަށުގެ ފެނާ ނަރުދަމާގެ މައްސަލަ ވަރަށް ބޮޑު، އަވަސް ޙައްލެއް ބޭނުންވޭ. ރަށުގަ ހިންގާ އައިސްޕްލާންޓްވެސް އަޅުގަޑުމެން ބޭނުންވަނީ ކައުންސިލަށް އިނގޭގޮތަށް ޙިއްސާވާގޮތަށް އެކަން ރަށުގަ ކުރަން. ސްކޫލްގައިވެސް ވަރަށް ބޮޑަށް ޖާގަ ދަތި، އަދި ޒަމާނީ ވަސީލަތް މަދު” ރަށުން ވާހަކަދެއްވި ބައެއް ރައްޔިތުން ފާހަގަކޮށްފަވެއެވެ. ރައްޔިތުން ހުށަހެޅި އެހެން ކަންކަމުގެ ތެރޭގައި ރަށްކައިރީ މަސް ކަނދުފައްޗެއް އަޅައިދިނުމާއި ރަށުގައި ސިއްޙީ ޚިދުމަތްތައް ތަރައްޤީކޮށްމ ތެލަސީމިއާގެ ފަރުވާވެސް ރަށުގައި ތިބެގެން ފަސޭހައިން ލިބޭނެގޮތް ހަމަޖައްސައިދެއްވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ހުއްޓިފައިވާ މަސައްކަތްތައް އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން އަންނަ އަހަރު ފީއަލީގެ މަޝްރޫޢުތަކަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން އެ ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ އަދި ކުންފުނިތަކުގައި ދަންނަވައިގެން އަވަސްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. “15 ހެކްޓަރު މިރަށުގެ ބިމުން ބޮޑުކޮށްދޭނަން. ހިލަޔާ ބޭނުންވާ ސާމާނު ލިބުމުގަ އަޅުގަނޑުމެންނަށް ދަތިތައް ދިމާވި. ނަމަވެސް މިހާރު ޙައްލުވެ މަސައްކަތްތައް ދަނީ ފަށަމުން. އަދި އަލަށް ސޮއިކުރި މަޝްރޫޢުތައްވެސް މި ދަޢުރުގެ ތެރޭގައި ގެންދާނަން” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ވަނީ ފީއަލީގެ ތަރައްޤީއަށް ހިންގަވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްވެސް ފައްޓަވާފައެވެ. އަދި ބައެއް މަޝްރޫއުތަކުގެ ނިމުންވެސް ވަނީ އިފްތިތާހުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
