
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި އޮޑި ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް މޮޅެއް ހޯދީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާއެދޭ ކުޅެމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލީ ޔޫވީންނެވެ. އޮޑިންވަނީ މެޗުގައި ފުރަތަމަ ހާފު ޑޮމިނޭޓް ކޮއްގެން ކުޅެފައެވެ. ފުރަތަމަ ހާފުގައި އަހުމަދު އައިހަމް އޭރިޔާތެރިން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެފަހުން އޮޑީގެ ލިތުއޭނިޔާ ފޯވާޑް ކަރޮލިސް ލައުޒެމިސް ފޮނުވާލި ބޯޅަ މަތަކުރީ ޔޫވީގެ ކީޕަރު އަލީ ނާޖިހުއެވެ.
މެޗުގައި އޮޑިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ އަބްދުﷲ ލޫތު އިބްރާހިމް އެވެ. މިއީ އޭރިޔާ ތެރެއަށް ވަދެ އައިހަމް ކަނދާލަދިން ހުރަސް ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ލޫތު ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އޮޑިން ދެވަނަ ލަނޑު ކާމިޔާބުރިއެވެ. މެޗުގެ 52 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. ހާފް މެދަކާ ހަމައިން ލިބުނު ބޯޅަ ހިފައިގެންގޮސް އިއްބެ ލަނޑުޖެހީ އޭރިޔާތެރެއަށް ވަދެ ކީޕަރު ކިއިރިންވެސް ނައްޓާލުމަށްފަހު އެވެ. މެޗުގެ 76 ވަނަ މިނުޓުގައި އޮޑީގެ އަހުޒާމް ރަޝީދު ވަނީ އޭރިޔާތެރެއިން ލިބުނު ފުރުސަތެއްގައި ތިންވަނަ ލަނޑު ކާމިޔާބުކޮއްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޔޫވީން ވަނީ ރަނގަޅު ކުޅުމެއް ދައްކާ އޮޑީގެ ފަހަތަށް ނުރައްކާ ކޮއްފައެވެ. ހަތަރު ވަނަ ލަނޑު އޮޑިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން މިނިޓެކަށް ވެފައިވަނިކޮށް އަހުޒަމް ދިން ބޯޅައަކުން މުޒްދާން ހަސަން އެވެ. ލީގުގައި އޮޑި ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު ވެލެންސިޔާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
