
ދިރިއުޅުމުގައި އޭނާގެ ބައްޕަ ވެފައިވާ ފަދަ ބޮޑު ގުރުބާނީއެއް ޗެލްސީގެ ފޯވާޑް ރަހީމް ސްޓާލިންއަށް ނުޖައްސާނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޓާލިން އާއި އެލެކްސިސް ޑިސާއީ އަށް ޓީމުން ޖާގަ ނުދޭން ނިންމުމުން އެ ދެ ކުޅުންތެރިން ޓީމާ ވަކިން ޕްރެކްޓިސް ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދާރީ ވަމުންނެވެ. އޭނާ މި ވާހަކަ ދެއްކީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރަން ފެށުމާއި އެ ކުޅުންތެރިންނަށް ފަރިތަކުރެވޭނެ އެކަށީގެންވާ މާހައުލެއް ޗެލްސީން ދައްކާފައިވާނެތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
“ހަމަ ޔަގީނުން ވެސް (ޓީމާ ވަކިން ޕްރެކްޓިސް ކުރަން ޖެހުމަކީ) ކުޅުންތެރިއަކަށް ފަސޭހަ ކަމަކަށް ނުވާނެ. އެކަން މި ގޮތަށް ކުރަން ޖެހުނީ ތަފާތު ސަބަބުތަކާހެދި. އެކަމަކު އަހަރެންނަށް ޔަގީން ކުލަބުން ވަނީ އެ މީހުންނަށް ފަރިތަކުރެވޭނެ އެންމެ ރަނގަޅު ވަސީލަތްތަކާއި މާހައުލެއް ހޯދާދީފައި،” ކޯޗު ބުންޏެވެ. ނަމަވެސް މިއީ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ދަތިވާނެ ކަމެއްތޯ އެހުމުން ކޯޗު މިސާލު ދެއްކީ އޭނާގެ ބައްޕަގެ ހަޔާތުންނެވެ.

“އަހަރެންގެ ބައްޕަ އަކީ 75 އަހަރުގެ މީހެއް. 50 އަހަރު ވެންދެން ކުރީ މަސްވެރިކަން. މެންދަމު ދޭއް ޖަހާއިރު މަސައްކަތް ފަށާ ގޮތަށް އަނެއް ދުވަހު ހެނދުނު 10 ޖަހަންދެން ކުރީ އެކަން ކޮންމެ ދުވަހަކު. މިއީ ދަތި އުނދަގޫ ދިރިއުޅުމަކީ. (ސްޓާލިން ފަދަ) ކުޅުންތެރިން އެ ކުރަނީ ދަތި އުނދަގޫ ކަމެއްނޫން،” ކޯޗު ބުންޏެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެސް ވަނީ ކުޅުންތެރިން ޓީމަށް ނޭރި ނަމަވެސް ކޮންޓްރެކްޓް އޮތް ކަމަށްވާނަމަ ކުޅުންތެރިންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވަރަށް ހަރުކަށިކޮށް ހުރިހާ ފަރާތްތަކަށް ވެސް އަންގާފަ އެވެ. މަރެސްކާ ބުނީ ޗެލްސީން އެއްވެސް ކުޅުންތެރިއަކަށް ދެރަ ގޮތެއް ނުހަދާ ކަމަށާއި ކުޅުންތެރިންނާއި ޗެލްސީއާ ދެމެދު ހުރި ކަންކަން އަދި މުޅިން ހަމަނުޖެހިގެން އުޅެނީ ކަމަށެވެ.
“ދެ ފަރާތަށް އެކަށީގެންވާ ހައްލެއް ނުހޯދިފައިވަނީ. އެކަމަކު އަހަރުމެން ވާނީ ކުޅުންތެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސާދީފައި. އެކަމަކު ސްކޮޑުގައި ނެތް މީހަކީ ސްކޮޑުގައި ނެތް މީހެއް. އެކަމަށް ބަދަލެއް ނާންނާނެ،” ކޯޗު ބުންޏެވެ. ޗެލްސީން ބޭނުންވަނީ ސްޓާލިން އެހެން ކުލަބަށް ދިއުމަށެވެ. އޭނާ ލޯނު އުސޫލުން ގެންދަން ޖަރުމަނުގެ ބަޔާ ލެވަކޫސެން އާއި އިޓަލީގެ ޔުވެންޓަސް އާއި ނަޕޯލީން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ މިއިން އެއްވެސް ކުލަބަކަށް ނުދިޔައީ އާއިލާ ކައިރީގައި ލަންޑަނުގައި ހުންނަންވެގެންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
