
ހޯމަ ދުވަހުގެރޭ ބާއްވާ މި އަހަރުގެ ބަލޮންޑޯ އެވޯޑު ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑް ދޭނީ ބްރެޒިލްގެ ރޮނާލްޑީނިއޯ ކަމުގައި ހަމަޖައްސައިފިއެވެ. އޭނާ އަކީ ދެ ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާ ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ރޮނާލްޑީނިއޯ އަކީ މި ފަހަރުގެ އެވޯޑް ހަވާލު ހަވާލުކޮށްދޭނެ ފަރާތްކަމުގައި ހަމަޖެއްސުމުން އެވޯޑް ލިބޭނީ ބާސެލޯނާގެ ކުޅުންތެރިއަކަށް ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ އޭނާ އަކީ ބާސެލޯނާގެ ލެޖެންޑަކަށްވެފައި އެ ކުލަބުގައި ހުރެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވުމެވެ. އަނެއްކޮޅުން އޭނާ އަކީ ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މި ފަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ ބާސެލޯނާގެ ދެ ކުޅުންތެރިންނާއި ކުރިން ބާސެލޯނާ އަށް ކުޅުނު ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭ އެވެ. ބާސެލޯނާއިން މި އެވޯޑަށް ވާދަކުރަނީ ސްޕޭނުގެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އުމުރުން 19 އަހަރުގެ ލަމީން ޔަމާލް އާއި އެ ޓީމުގެ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. މީގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި މި އެވޯޑް ހާސިލް ކުރުން ގާތީ ލަމީން ޔަމާލެވެ. ނަމަވެސް ޓީމުގެ ކާމިޔާބީ އަސް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ޑެމްބެލޭ އެވެ. އޭނާގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ވަނީ ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނެވެ.
ބާސެލޯނާ އަށް ލިބުނީ ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަކަޕް އަދި ސްޕެނިޝް ލީގެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
