
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެ ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވިއިރު މިއީ މި ސީޒަނުގައި އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އަދި ފަސް މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. އަނެއް ކޮޅުން ޗެލްސީ މި މެޗުން ބަލިވުމާއިއެކު އެ ޓީމަށް ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަވަނަ އަށް ވެއްޓިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފަސް ވަނަ މިނިޓުގައި ޗެލްސީ އަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ގޯލުކީޕަރު ރޮބަޓް ސަންޗޭޒް އޭރިޔާ ބޭރުން ޔުނައިޓެޑްގެ ފޯވަޑް ބްރަޔަން އެމްބެއޫމޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ސަންޗޭޒް އަށް ދެއްކި ރަތް ކާޑާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް މަޖުބޫރު ވެގެންދިޔައީ ޕެޑްރޯ ނެޓޯ އާއި އެސްޓެވާއޯ ވިލިއަންގެ ބަދަލުގައި އަޑަރަބިއޯޔޯ އާއި ކީޕަރު ޖޯގެންސަން ކުޅެން އެރުވުމަށެވެ. މީގެ އިތުރުން މެޗުގެ 21 ވަނަ މިނިޓުގައި ކޯލް ޕާމާ އަށް އަނިޔާ ވުމުގެ ސަބަބުން އޭނާވެސް ވަނީ ބަދަލުކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑް އިން ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 37 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު އޭނާ ވަނީ ދަނޑުން ފޮނުވާލާފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުގައިވެސް 10 ކުޅުންތެރިން ތިބިއިރު ޗެލްސީ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅު ކޮށްފަ އެވެ. މި މެޗުގައި ޗެލްސީ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓްރެވަރ ޗަލޮބާ އެވެ. ޗެލްސީ މި މެޗުން ބަލިވެފައިވާއިރު އެ ޓީމުން އޯލްޑް ޓްރެފަޑްގައި އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 2013 ވަނަ އަހަރު އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
