
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ވ.ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް، ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކެޔޮދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ ޢަމަލީ ސިފަ ކެޔޮދޫއަށް ގެންނަވާނެކަމަށެވެ. ރައީސް ވިދާޅުވީ މިދަތުރުފުޅުގައި އަލަށް ސޮއިކުރެވުނު މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުތަކެއްކަމަށެވެ. އެގޮތުން ސްކޫލްގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންގޮސް، ރަށުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަ ލިއްބައިދޭނެކަމަށް ވިދާޅުވެފައެވެ.
“ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީއާއި އެހެނިހެން މުހިންމު ފެސިލިޓީ ޤާއިމުކުރާނެ. އަދި ސްކޫލް މަސައްކަތަކީވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް.”ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރޮއްޔާ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ބިން ހިއްކުންކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާއި ގުޅިފައިވާ އެންމެ ބޮޑު މަސައްކަތްތަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރަށް އިސްކަންދީގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ އިސްކަން ދެއްވާނީ ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތަށްކަމަށް ވިދާޅުވިއެވެ.
“އަހަރުގެ އެންމެ ކުރީކޮޅު ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފަށާނަން. ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވޭ. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުޞަތުތައް މި މަޝްރޫޢާއެކު ހުޅުވޭނެ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމަށް ސަރުކާރުން ފަހިކޮށްދޭ ލޯނު ސްކީމްތަކުގެ ލުއިފަސޭހަކަންވެސް ރަށްރަށަށް ހޯއްދަވައިދެއްވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ފަށްޓަވއިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކެޔޮދޫގައި މިހާރުވެސް 18 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދިނުމާއި އަދި ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން ކެޔޮދޫ ސްކޫލް ކްލާސްރޫމްތަކާ ސްޓާފް ރޫމްތައް އޭސީ ކުރައްވާނެކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ސްކޫލްތަކުގެ ހޯލުތައް ކޫލް ސްކޫލް މަޝްރޫޢުގައި ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅަދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި ކުޅިވަރު ފެސިލިޓީތައް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ ތަރއްޤީއަށް މުހިންމު މަޝްރޫޢުތަކާއެކު އަނެއްކާވެސް ރަށުގެ ރައްޔިތުންނާ ބައްދަލުވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
