
ކުލަބު ވެލެންސިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކުލަބު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. 2022ގެ މެދުތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެލެންސިއާ އަށް ކުޅުންތެރިން ގަތުން މަނާކުރި އެވެ. އެއީ އެ އަހަރު ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެންނެވެ. މި ފައިސާ އާއި ފީފާ އަދި އޭއެފްސީ އަށް ދައްކަން ޖެހުނު ފައިސާގެ އަގު 1.3 މިލިއަނަށްވުރެ ގިނަވި އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން 2023 ވަނަ އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުތީ އުމުރު ހަމަނުވާ ސްކޫލް ކުދިންގެ ޓީމަކާއެކުގަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސީޒަނުގެ ވަކި ހިސާބަކުން މެޗުތަކަށް ކުޅުންތެރިން ހަމަނުވެ ގިނަ މެޗުތަކެއް ނުކުޅެ ދޫކޮށްލި އެވެ.
ނަމަވެސް އައު މެނޭޖްމަންޓުން މިހާރު ވަނީ މި އަޑިގަނޑުން ޓީމު ސަލާމަތްކޮށްދީފަ އެވެ. ކުޅުންތެރިންނަށް ދައްކަންޖެހޭ ފައިސާ އާއި ފީފާ، އޭއެފްސީގެ ދަރަނި އަދާކޮށް ވެލެންސިއާ ވަނީ ސީޒަނަށް ތައްޔާރުވެފަ އެވެ. މިރޭ ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނައިރު ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ) ތައްޔާރު ކުރި ޓީމުގައި ގިނައީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. ޓީމުގައި މައިގަނޑު ގޮތެއްގައި ތިބީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިން ވެލެންސިއާގައި ހިމެނެ އެވެ. ދެން ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ވެސް 8 ކުޅުންތެރިން ހިމެނެ އެވެ. މި ކުޅުންތެރިންނާއެކު ކުޅެން ވެލެންސިއާއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެއީ މޯލްޑޯވާގެ ކީޕަރަކާއި ސްޕޭނުގެ ފޯވަޑަކާއި މިސުރާއި ކިރިގިސްތާނުގެ ޑިފެންޑަރެކެވެ. މި ގޮތުން ބަލާއިރު މި ސީޒަނަށް އެންމެ ބޮޑަށް ޕްރެކްޓިސްކޮށް، ޒުވާން ޖޯޝުން ފުރިގެންވާ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފެންނަން އޮތް ޓީމަކީ ވެލެންސިއާ އެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވެލެންސިއާގެ މެނޭޖްމަންޓުން ބުނީ ޓީމުގައި ޒުވާން ކުޅުންތެރިން މާބޮޑަށް ގިނަވާން ޖެހުނީ މާލީ ގޮތުން އަރައިގަންނަން ދިމާވި ދަތިތަކުގެ ސަބަބުންނެވެ. މި ގޮތުން ދަރަނިން ސަލާމަތް، ފީފާ ޓްރާންސްފާ ބޭން ފިލުވާލުމަށް ވެލެންސިއާއިން 1.3 މިލިއަން ހަރަދު ކުރަން ޖެހުމާއި އޭގެ އިތުރުން ވެސް ޓީމުގެ އެކި ކަންކަން ކަމަށް ކުރި ހަރަދުތަކާއެކު ވެލެންސިއާގެ ހޭދަ ދެ މިލިއަނުން އަރައި ދިއުން ކަމަށެވެ. “މިހެންވެ ބޮޑު އަގުގައި ކުޅުންތެރިން ގެނެސްގެން ކުޅުވޭކަށްނެތް. މިއަށްވުރެ ބޮޑަށް ވެލެންސިއާ އިސްކަން ދެނީ ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކޮށް، މި ސީޒަނުގެ ނަތީޖާތައް ރަނގަޅު ކުރަން. މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ ޒުވާން ކުޅުންތެރިންނަށް އިންވެސްޓްކޮށް މުސްތަގްބަލް ރަނގަޅު ކުރުން،” ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުންޏެވެ.
ސީޒަނުގެ ފުރަތަމަ މެޗުގައި ވެލެންސިއާއިން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
