
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަ އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުން ވިކްޓަރީ ބަލިވީ ބުރު ސްޕޯޓްސް ކުލަބާ ވާދަކޮށް 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗު ފުރަތަމަ ލަނޑު ޖެހީ ބުރު ސްޕޯޓްސް ކުލަބު އަބްދުﷲ ޖުނައިދެވެ. ވިކްޓަރީ ހާފްގެ މެދެއްހާ ހިސާބުގަ ހުރެ ގޯލަށް ފޮނުވާލި ބޯޅަ ދިފާއުކުރުމަށް ވިކްޓަރީ ކީޕަރު އަބްދުﷲ ޔާމިން އަށް މާބޮޑު މަސައްކަތެއް ނުކުރެވެނީސް ބޯޅަ ވަނީ ގޯލަށެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑަށްފަހު ވިކްޓަރީގެ ކެޕްޓަން ސުފިޔާން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިމަތިންނެވެ. ބުރުން ދެވަނަ ލަނޑަކީ މެޗުގެ 24 ވަނަ މިނިޓުގައި އޭރިޔާ ތެރެއިން ބްރެޒިލްގެ ފޯވާޑް ހުޑްސަން ޑިއާޒް ބޯޅަ ލިބުމުން ކީޕަރު ކައިރިން ނައްޓާލާފަ ޖެހި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލީޑު އިތުރަށް ފުޅާކުރަން ބުރު ސްޕޯޓްސްއަށް ލިބުނު ފުރުސަތު އެޓީމުން ވަނީ ނަގާލާފައެވެ. އެޓީމަށް ލިބުނު ޕެނެލްޓީ ބިދޭސީ ޑިފެންޑަރު ޖެހުމުން ވިކްޓަރީ ކީޕަރު ޔާމީން ވަނީ ދިފާއުކޮއްފައެވެ. ދެވަނަ ހާފުގައި ވިކްޓްރީގެ މުހައްމަދު ފައިސަލް ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. މެޗުގެ 74 ވަނަ މިނިޓުގައި ބުރުން ތިންވަނަ ލަނޑު ކާމިޔާބު ކުރީ އުސާމާ އަބްދުލް މަޖީދު ނަގައިދިން ހުރަހަކުން ހުޑްސަން ޑިއާޒް އެވެ. މެޗުގެ އިތުރުވަގުތު ތެރޭގައި ބުރުން ދެ ލަނޑު ކާމިޔާބުކުރި އިރު މި ލަނޑުތައް އެޓީމަށް ޖަހައިދިނީ މުހައްމަދު ނާއިމް އާއި އަޒުހަދު މުހައްމަދު ޒާހިދެވެ. ލީގުގަ ދެން ބުރު ސްޕޯޓްސް ކުލަބު ބުދަ ދުވަހު ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
