
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަތް އަހަރުފަހުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނަށް އައިސް ކުޅުނު މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު މޮޅިވީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ލަނޑުންނެވެ. ނިއުރޭޑިއަންޓުން ވަނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނިއުއަށް އެންމެ ފުރަތަމަ ލީޑު ނަގަން ފުރުސަތު ލިބުނީ އަލީ ފާސިރުއަށް ލިބުނު ފުރުސަތަކުންނެވެ. މެޗުގެ 16 ވަނަ މިނިޓުގައި ހަސަން ރާއިފު އަހުމަދު ގައިގަ ޖެހިފަ ދިޔަ ބޯޅަ ފާސިރު ފޮނުވާލުމުން ޓީސީ މިސްރު ކީޕަރު އަބްދުލް ހަމީދު ވަނީ ދިފާއުކޮއްފައެވެ.
ނިއު އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނިޓްގައި ނިއުގެ މުހައްމަދު ޝަހާއު ދިން ބޯޅައަކުން މުހައްމަދު އިރުފާން އޭރިޔާ ބޭރުގައި ހުރެފަ ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވައްދައިލައިގެންނެވެ. މި ލަނޑަށް ފަހު ނިއުގ ހަމަލާތައް އިތުރުވިއިރު ޓީސީ މުޅި ހާފުގަވެސް ފެނިގެންދިޔައީ ދިފާއީ ކުޅުމެއް ދެއްކިތަނެވެ. މެޗުގައި ނިއުއިން ޖެހި ދެވަނަ ލަނޑު އޭރިޔާ ބޭރުން ހިލޭ ޖެހުމަކުން ފާސިރު ކާމިޔާބުކޮއްދިނީ ފުރަތަމަ ހާފުގެ 39 މިނިޓުގައެވެ.
ނިއުގެ ތިންވަނަ ލަނޑަކީ އަލީ ފާސިރު ހުސްކޮށް އޭރިޔާ ތެރެއިން ވަދެ ކީޕަރު ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ކުރި ފައުލްއަކުން ލިބު ޕެނެލްޓީން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 43 ވަނަ މިނިޓުގައި މި ލަނޑު ނިއުއަށް ކާމިޔާބުކޮއްދިނީ ބްރެޒިލްގެ މިޑްފީލްޑަރ ގޯމޭޒް ޑި ސިލްވާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ދެވަނަހާފު ނިއުން ފެށީ ލަނޑަކާ އެކުއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޑިސިލްވާ އޭރިޔާ ތެރެއަށް ފޮނުވާލުމުން ޓީސީ ކީޕަރު އަތުން ބޯޅަ ދޫވުމުން ކައިރީގަ ހުރި ފާސީރު ވަނީ ބޯޅަ ގޯލަށް ވައްދާލާފައވެ. މެޗުގައި ދެވަނަހާފުގައި ދެޓީމުން ވެސް ވަރުބަލިކަން ފާހަގަކުރެވުނު އިރު ޓީސީ ވަނީ މި ހާފުގައި ކުޅެން މަސައްކަތް ކޮއްފައެވެ. މެޗުގައި ނިއުގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން އަޒޫމް އަލީ އެވެ. އޭރިޔާތެރެއިން އަޒޫމްއަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ހާސްކަމެއް ނެތިއެވެ. ނއުގެ ފަހު ލަނޑު ފެނިގެންދިޔައި މެޗުގެ 86 މިނިޓުގައެވެ. އަހުމަދު ވިޖުދާން ނަގައިދިން ބޯޅައެއް ރާއިފް ގޯލުތެރެއަށް ފޮނުވާލީ އޭރިޔާ ތެރޭގައި ހުރެފައެވެ.
ލީގުގައި ނިއުރޭޑިއަންޓް ބުރާސްފަތި ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޓީސީ އަންގަރާދުވަހުގެ ރޭ ނުކުންނާނީ މާޒިޔާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
