
(ފޮޓޯ ކްރެޑިޓްސް: މާޒިޔާ)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅަކާއެކު ލީގު ފަށައިފިއެވެ. މާޒިޔާ ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ޖަހައިދިނީ މިހާރު އެންމެ ފޯމުގައި ހުރި އިތުބާރު ފޯވާޑް ހަސަން ނާއިޒް (ދާދު) އެވެ. އީގަލްސްގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް މަހުދީ ހުސެއިންއެވެ.
މެޗު ފަށައިގެން މާޒިޔާއިން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާގައި އީގަލްސްގެ ގޯލު ހުޅުވާލިއިރު މި ލަނޑު ނާއިޒް ޖެހީ ހަމްޒާ މުހައްމަދު އޭރިޔާ ތެރެއިން ދިން ބޯޅައަކުންނެވެ. މި ލަނޑަފަހު އީގަލްސްއިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި އިބްރާހިމް މަހުދީ ހުސެއިން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗުގައި މާޒިޔާއިން ޖެހި ދެވަނަ ލަނޑަކީ އީގަލްސްގެ ކުޅުންތެރިޔަކު އޭރިޔާ ތެރެއިން ދިފާއުކުރުމަށް ފޮނުވާލި ބޯޅައެއް އެޓީމުގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފަ ބައިކޮޅަށް ވަތް ލަނޑެކެވެ.
މާޒިޔާއިން ދެވަނަ ލަނޑުޖެހިތާ ހަތަރު މިނިޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑުޖެހީ އޭރިޔާތެރެއަށް ވަދެ ހަމްޒާ ދިން ބޯޅައަކުން ނާއިޒްއެވެ. މުޅި މެޗުގައި ވެސް ހަމްޒާ އާއި ނާއިޒްގެ ގުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ. މެޗުގައި އީގަލްސްއިން ޖެހި ހަމައެކިނި ލަނޑަކީ ފުރަތަމަ ހާފުގެ 29 ވަނަ މިނިޓުގައި އޭރިޔާ ބޭރުން މަހުދީ ފޮނުވާލި ބޯޅައެއް ގޯލަށް ވަދެގެން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ ހަތަރުވަނަ ލަނޑު ޖެހީ އޭރިޔާ ބޭރުން ހަމްޒާ ނަގައިދިން ބޯޅައެއް ނާއިޒް ބޮލުންޖައްސައި ގޯލަށް ވައްދާލައިގެންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު މާޒިޔާ މެޗުގެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އިރު ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް އެޓީމުން ހޯދިއެވެ. ހާއްސަކޮށް މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މާޒިޔާގެ ފަސްވަނަ ލަނޑަކީ ނާއިޒް ކުރިއަށް އަރާ ހޯދި ބޯޅައެއްގައި އޭރިޔާތެރެއިން ކީޕަރު ކުރިއަށް ނުކުތުމުން އޭނަ ކައިރިން ނައްޓާލާފައި ކާމިޔާބު ކުރި ލަނޑެކެވެ.
ދޮޅު އަހަރު ފަހުން ލީގު އަލުން ފަށާ މާޒިޔާއިން ހޯދި ބޮޑު މޮޅާއެކު ހިތްހަމަޖެހުމެއް ލިބުނު އިރު ދެން އެޓީމުން ލީގުގައި އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
