
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ސްޕެއިންގެ ފޯވާޑަކާއެކު ބިދޭސީ ދެ ޑިފެންޑަރުން ވެލެންސިއާއަށް ގެނެސްފިއެވެ. މި ތިން ކުޅުންތެރިންނާއެކު މާދަމާރޭ ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނަ ވެލެންސިއާ ޓީމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެ އެވެ. އެއީ މޯލްޑޯވާގެ ކީޕަރަކާއެކުގަ އެވެ.
ވެލެންސިއާ އަށް ގެނައި ސްޕޭނު ފޯވަޑަކީ އަބޫބަކުރު ބޫބާ ސިއްލާ އެވެ. އުމުރުން 27 އަހަރުގެ ފޯވަޑް އެންމެ ފަހުން ކުޅުނީ ސްޕޭނުގެ ދެ ވަނަ ޑިވިޝަނުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ސްޕޭނާއި އިޓަލީ އަދި މެކްސިކޯ ލީގުގައި ވެސް ކުޅެފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ތައްޔާރުވާ ވެލެންސިއާ ޓީމަށް ގެނައި ބިދޭސީ ދެ ޑިފެންޑަރުންގެ ތެރެއިން އެއް ކުޅުންތެރިއަކީ މިސުރުގެ މޫސަ ބަސެލް އެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ލެގޫންސް ސްޕޯޓްސް ކުލަބަށް ކުޅުނު ޑިފެންޑަރެކެވެ. ދެން ގެނެސްފައިވަނީ ކިރިގިސްތާނުގެ ޑިފެންޑަރު ޑަވްރޮން އެވެ.
މި ކުޅުންތެރިންނާއެކު ވެލެންސިއާ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. މި ސީޒަނުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ވެލެންސިއާއިން ފާއިތުވެދިޔަ ދޮޅު އަހަރު ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރީ 2022 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ފީފާއިން ކޮށްފައިވާ ޓްރާންސްފާ ބޭން ފިލުވުމުގަ އެވެ. މި ގޮތުން ބިދޭސީ ކުޅުންތެރިންނާއި ފީފާ އޭއެފްސީގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހަރަދުކޮށް ވެލެންސިއާއިން ވަނީ ކުޅުންތެރިން ރަޖިސްޓަރ ކުރެވޭނެ ގޮތް ހަދައިފަ އެވެ.
ވެލެންސިއާ އަށް ފީފާއިން ޓްރާންސްފާ ބޭން ކުރީ 2022 ވަނަ އަހަރު އެ ކުލަބަށް ކުޅުނު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
