
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއާލީގުގެ މެޗުތަކުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ ހަތަރު ރެފްރީން ގެނެސްފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. އެފްއޭއެމް އިން ބުނީ އޯލް ނޭޕާލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ގެނައި ހަތަރު ރެފްރީންގެ ތެރެއިން ތިން ރެފްރީންނަކީ ފީފާ ރެފްރީން ކަމަށެވެ. އަދި އަނެއް ރެފްރީއަކީ އެގައުމުގެ ގައުމީ ފެންވަރުގެ ރެފްރީއެއް ކަމަށެވެ.
މިވަގުތު ރާއްޖެއިން ބޭރުން ރެފްރީން ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭހެ ކުލަބު ފުޓްބޯޅަ ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރުވެފައިވުމާއެކު މިއަދު ފަށާ ފުޓްބޯޅަ ސީޒަނުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ރެފްރީންނަށް ވަގުތު ދިނުމަށް ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރު ރެފްރީންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ރެފްރީންނަށްދީ ދިވެހި ރެފްރީންގެ ގާބިލުކަން އިތުރުކުރުންކަމަށެވެ. އެފްއޭއެމް އިން ބުނީ އެ އިދާރާއިން އަބަދުވެސް އިސްކަންދެނީ ދިވެހި ރެފްރީންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާދީ ދިވެހި ރެފްރީންގެ ގާބިލުކަން އިތުރު ކުރުމަށް ކަމަށެވެ.
އަދި މިއަދު ފަށާ ފުޓްބޯޅަ ސީޒަނާއެކު ދިވެހި ރެފްރީންގެ ގާބިލުކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ. ޕްރިމިއާލީގުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކްލަބް އީގަލްސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
ކްލަބްތަކުގެ ގިނަ ދުވަސަތަކެއްގެ އިންތިޒާރަށްފަހު އަލުން ފުޓްބޯޅަ ސީޒަން ފަށައިގަންނައިރު މިއަހަރު ދިވެހި ޕްރިމިއާ ލީގުގައި ޖުމްލަ 10 ޓީމަކުން ވާދަކުރާނެއެވެ.
އޭގެ ތެރޭގައި ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކްލަބާއި ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިމެނެއެވެ. މީގެ އިތުރުން ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ކްލަބް ވެލެންސިއާ، ބުރު ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
