
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މީޑިއާ ރެގިއުލޭޓްކުރާ ބިލް މިއަދު ތަސްދީގުކޮށް، ގާނޫނަކަށް ބަދަލުވުމާ އެކު، މީޑިއާ ކައުންސިލް އުވި އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ މެމްބަރުންގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ. މީޑިއާ ބިލް މިއަދު ތަސްދީގު ކުރެއްވީ، އިސްލާހުތަކާ އެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރައްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައި ވަނިކޮށެވެ.
އެމްއެމްސީ އާއި އެމްޖޭއޭ އިން ބުނެފައި ވަނީ ބިލް އުވައިލަން އެދި ކޯޓަށް ދާނެ ކަމަށެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި އެ ބިލާ މެދު ރާއްޖޭގެ އެތައް ގިނޫސްވެރިންނަކާއި ނޫސްވެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުން ގެންދިޔައީ ހުރިހާ މަރުހަލާއެއްގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ދިރާސާކުރި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ އިރު އެ ބައްދަލުވުން ކުރިއަށް ދިޔަ މާލަމުގައި ވެސް ނޫސްވެރިން އިހުތިޖާޖުކުރި އެވެ.
އޭގެ ފަހުން ބިލް ފާސްކުރުމުން، ބިލު ތަސްދީގު ނުކުރައްވަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) ރައީސަށް ސިޓީ ވެސް ފޮނުއްވި އެވެ. ބިލް ތަސްދީގުކުުރުމާ އެކު އެމްއެމްސީ މިހާރު ވަނީ އުވިފަ އެވެ. ނޫސްވެެރިންނާއި އާއްމުން އިންތިހާބުކުރާ މެންބަރުން ތިބި އެ ކައުންސިލަކީ މީގެ ކުރިން ނޫސްވެރިކަން ރެގިއުލޭޓްކުރި ކައުންސިލެވެ. އެ ގާނޫނަށް އަމަަލުކުރަން ފެށުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވާރުތަވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންގެ ވެސް މަގާމު މިހާރު ވަނީ ގެއްލިފަ އެވެ. މީޑިއާ ރެގިއުލޭޝަން ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު ނޫސްވެރިކަމުގެ އެ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ގެންދިޔައީ ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.
ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ. އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
