
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖަސް)
އައިސްކްރީމް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބެން އެންޑް ޖެރީސް ކުންފުނީގެ އެއް ބާނީ ކަމަށްވާ ޖެރީ ގްރީންފީލްޑް އެ ކުުންފުނިން ވަކިވެެއްޖެއެވެ. އޭނާ އެ ކުންފުނިން ވަކިވެފައި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، ބެން އެންޑް ޖެރީސްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޔުނިލީވަރ އާއެކު އުފެދިފައިވާ ދެބަސްވުންތަކެއްގެ ސަބަބުންނެވެ. ގްރީންފީލްޑް ލިޔުނު ސިޓީއެއްގައި ބުނީ އިޖްތިމާޢީ ކަންކަމާ ގުޅޭގޮތުން އަޑުއުފުލައި ކުންފުންޏެއް ކަމަށްވާ ބެން އެންޑް ޖެރީސް ކުންފުނީގެ އަޑު ޔުނިލީވަރ އިން ފަހުގެ އަހަރުތަކުގައި ކަނޑުވާލާފައިވާ ކަމަށެވެ. ބެން އެންޑް ޖެރީސްގައި 47 އަހަރު މަސައްކަތް ކުރުމަށް ފަހު އެ ކުންފުނިން އޭނާ ވަކިވުމަށް ނިންމާފައި ވަނީ އެ ކުންފުނީގައި އިތުރަށް މަސައްކަތް ކުރުމަށް އޭނާގެ ޟަމީރު ތަން ނުދޭތީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އިންސާފާއި ހަމަހަމަކަމާއި އިންސާނިއްޔަތުކަން ފަދަ ސިފަތައް އިސްކުރުން އެންމެ މުހިންމީ މިއަދު ކަމަށާއި، ނަމަވެސް ބާރުގައި ތިބި ބަޔަކު ހިތްހަމަނުޖެހިދާނެތީ އެ މީހުން ރުއްސުމުގެ ބޭނުމުގައި ބެން އެންޑް ޖެރީސްގެ އަޑު ކަނޑުވާލައި އެއްފަރާތް ކުރަމުންދާ ކަމަށް އޭނާ އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ގްރީންފީލްޑް ބުނީ ކުންފުނީގައި ދެމިހުރެ އިޖްތިމާޢީ ހަނގުރާމަ ނުކުރެވޭތީ ކުންފުނީގެ ބޭރުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ކުންފުންޏަކީ ހަމައެކަނި އައިސްކްރީމް އުފައްދާ ކުންފުންޏެއް ނޫން ކަމަށާއި، އެއީ ލޯބި ފެތުރުމާއި ދުނިޔޭގެ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް އެހެން މީހުންނަށް ދައުވަތު ދޭ ކުންފުންޏެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. 1978 ވަނަ އަހަރު އުފެއްދި ބެން އެންޑް ޖެރީސް ކުންފުނި ޔުނިލީވަރއިން 326 މިލިއަން އެމެރިކާ ޑޮލަރަށް ގަތީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން ބެން އެންޑް ޖެރީސްއަށް އެ ކުންފުނީގެ އަމިއްލަ މިނިވަން ޑިރެކްޓަރުންގެ ބޯޑެއް ދެމެހެއްޓުމުގެ ފުރުޞަތު ދީފައިވެއެވެ. އެ ބޯޑަށް ކުންފުނީގެ އިޖްތިމާޢީ މަސައްކަތްތަކުގައި ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް ކުންފުނި ހިންގުމުގެ ކަންކަމުގައި ބަސް ބުނުމުގެ ބާރު ލިބިގެނެއް ނުވެއެވެ.
ނަމަވެސް 2021ވަނަ އަހަރުން ފެށިގެން ބެން އެންޑް ޖެރީސްއާއި ޔުނިލީވަރއާ ދެމެދު ދެބަސްވުންތައް ދަނީ ކުރިމަތިވަމުންނެވެ. އެއީ ބެން އެންޑް ޖެރީސްގެ އައިސްކްރީމް ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ނުވިއްކާނެ ކަމަށް އެ ކުންފުނިން އިޢުލާނު ކުރުމުންނެވެ. އޭގެ ފަހުން އެ ބްރޭންޑުން ވަނީ ބެން އެންޑް ޖެރީސްގެ އަޑު ކަނޑުވާލަން ޔުނިލީވަރިއިން މަސައްކަތްކުރާ ކަމަށް ބުނެ ބެލެނިވެރި ކުުންފުނީގެ މައްޗަށް ދައުވާކޮށްފައެވެ. އަދި ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަކީ “ނަސްލު ނައްތާލުމުގެ” ޢަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ. މިއީ ބެން އެންޑް ޖެރީސް ފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން އާންމުކޮށް ހާމަ ނުކުރާ ނަޒަރިއްޔާތެކެވެ. މިދިޔަ ހަފްތާގައި ގްރީންފީލްޑުގެ ވިޔަފާރި ބައިވެރިޔާ، ބެން ކޯހެން ވަނީ ލަންޑަނުގައި މުޒާހަރާއެއް ބާއްވައި، ކުންފުނީގެ އިޖުތިމާއީ ހަމަތައް ހިމާޔަތް ކުރުމަށް ޔުނިލީވަރގެ ކިބައިން “ބެން އެންޑް ޖެރީސް މިނިވަން” ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް ކޯހެން މިހާތަނަށް ކުންފުނިން ވަކިވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
