
(ފޮޓޯ ކްރެޑިޓްސް: އިންފަންޓީނޯ)
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ މަސައްކަތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދަަރާ، ފީފާގެ ރައީސް ތައުރީފުކުރައްވައިފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިންސްޓަރގްރާމްގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދާދި ފަހުން އެފްއޭއެމްގެ ރައީސް އާއި ބައްދަލުކުރައްވާފައިވާ ކަމަށާއި ފުޓްބޯޅައިގެ ތަރައްގީއާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތާއެކު ސަޕޯޓަރުންނާއި ގާތަށް މި ކުޅިވަރު ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެފްއޭއެމްގެ ރައީސް ޠާރިޤް އާއި އައު ހިންގާ ކޮމިޓީން ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވާ އިންފަންޓީނޯ ވިދާޅުވީ މިއަހަރުގެ ޖުލައިމަހު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ޠާރިގް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ކުޅުންތެރިއެއްގެ ގޮތުންނާއި އޭނާގެ ތަޖުރިބާގެ އަލީގައި އެކަމަށް ވަރަށް ފަރުވާ ބަހައްޓައިގެން ކަމަށެވެ.
އަދި ފާއިތުވި 7 އަހަރަށްފަހު ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ރާއްޖެއިން ތައްޓެއް ހޯދާފައިވާކަން އިންފަންޓީނޯ ފާހަގަކުރެއްވިއެވެ. ނިމިގެންދިޔަ ސައުތު އޭޝިއަން ސުޕަރކަޕަށް އިޝާރާތްކުރައްވާ އިންފަންޓީނޯ ވަނީ ޠާރީޤްގެ ލީޑަރޝިޕްގެ ދަށުން ހޯދިފައިވާ އެ ކާމީޔާބީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ކަމަށާއި މިއަހަރުގެ ފަހުކޮޅަށް އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް ރާވާފައިވާކަންވެސް އިންފަންޓީނޯ ފާހަގަ ކުރެއްވިއެވެ. މިކަންކަމުން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަބަލަށްޓަކައި ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްފައިވާކަން ހާމަވާކަމަށާއި އެކުގައި ގުޅިގެން އަލުން ރާއްޖޭގެ ފުޓްބޯޅަ ބައްޓަން ކުރުމުގެ މަސައްކަތް ކުރެއްވުމުގެ ފޯރި އަލުން އައިސްފައިވާ ކަމަށްވެސް ފީފާގެ ރައީސް ވިދާޅުވިއެވެ.
ފީފާއިން ރާއްޖޭގެ ފުޓްބޯޅަ އިދާރާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެފްއޭއެމްގެ އައު މެނޭޖުމެންޓުން އަންނަނީ ފުރިހަމައަށް އެއްބާރުލުންދެމުންނެވެ. އަދި ރާއްޖޭގެ ގެއްލިފައިއޮތް ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް ގައުމީ ޓީމުތަކުގެ ފެންވަރު މަތިކޮށް އަލުން ފުޓްބޯޅަ ނަގާ ރަނގަޅު ހިސާބަކަށް ގެންދިއުމަކީ އައު ރައީސް ޠާރީޤްގެ މުހިންމު ތަސައްވަރެކެވެ. މިގޮތުން އަންހެނުންގެ ފުޓްބޯޅަ އާއި އަތޮޅު ތެރޭގެ ފުޓްބޯޅަ ކުރިއެރުވުމަކީވެސް ވަަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
