
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ވަކި އެކައުންޓެއް ހުޅުވާ، ޖުޑީޝަރީއަށް ބްލޮކް ގްރާންޓެއް ދޭން ނިންމެވީ ސަރުކާރުގެ ނުފޫޒުން ޖުޑިޝަރީ މިނިވަންވެފައި އޮތްކަން ކަށަވަރުކޮށްދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދައުލަތުގައި މިހާރު އޮތް ނިޒާމުގެ ސަބަބުން ޖުޑިޝަރީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭކަމަށެވެ. ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ފިނޭންސުން އެހެން މުވައްސަސާތަކަށް އަންގާ އުސޫލުން އަހަރުގެ ވަކި ހިސާބަށް ދިޔުމުން ޚަރަދު ކުޑަކުރުމަށް ޖުޑިޝަރީއަށްވެސް އަންގާކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ އެއްބާރު ވަރަށް ބޮޑަށް، ނިކަމެތިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
“ތިއީ ވަރަށް މުހިންމު ބަދަލެއް. ޖުޑިޝަރީ މިހާރު މި ހިނގާ ގޮތަކީ، މިހާރުއޭ މި ދެންނެވީ ފެށުނީއްސުރެ މިއަދާ ހަމައަށް. މިހެން ހިނގަމުން އަންނަ ގޮތަކީ، ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލްކުރާހެން ކޮންޓްރޯލްކުރާ ތަނެއް އެއީ އިނގޭތޯ. އަހަރުގެ މެދަކާ ހިސާބަށް ދިޔައިމާ، ފިނޭންސް މިނިސްޓްރީއިން ދާނެ ސަރކިއުލަރއެއް ހުރިހާ އޮފީހަކަށް. މިހާ ހިސާބުން ޚަރަދު ކުޑަކޮށްލީއޭ. ފަހު ތިން މަހަށް، ހަތަރުމަހަށް ދިޔައިމާ، ހަމަ ބޮޑުތަނުން ކަނޑާވެސްލާނެ. ޖުޑީޝަރީއަށްވެސް އެހެން އިނގޭތޯ.”ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު އޮތްގޮތުން، ޖުޑިޝަރީ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ ސަރުކާރަށްކަމަށާއި އެގޮތުން ބަޖެޓު ހިފަހައްޓާލުމާއެކު، މުޅި ޖުޑިޝަރީ ސަރުކާރަށް ހިފަހައްޓާލެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް ޙައްލެއް ގެނެސް ސަރުކާރުގެ ނުފޫޒުން ޖުޑިޝަޜީ މިނިވަން ކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ހުޅުވާ، ބްލޮކް ގްރާންޓްގެ ގޮތުގައި ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ބަޖެޓުގައި ޖުޑިޝަރީއަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޖޭއެސްސީ)
“އަޅުގަނޑުމެން މި ނިންމީ، ކެބިނެޓުގައި މަޝްވަރާކޮށްފައި، މި އަހަރުން ފެށިގެން މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ފެށިގެން، މިހާތަނަށް މިއޮތް ނިޒާމު، މި އޮތްގޮތް އެއްކޮށް ބަދަލުކޮށްލަން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް އެއީ، އަބަދުވެސް ޖުޑިޝަރީއަށް ދޭ އަދަދުކަމުގައި ކަނޑައަޅައި، އެ އަދަދު ބްލޮކް ގްރާންޓްގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވާފައި.” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާތަނަށް ބަޖެޓުގެ ތެރެއިން، އެއްވެސް އަހަރަކު ޖުޑިޝަރީއަށް ނުދޭވަރުގެ ބޮޑު ބަޖެޓް ސީލިންއެއް އަންނަ އަހަރު ދެއްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް މިއަހަރު ހުޅުމާލޭގައި ފެށިގެންދާނެކަމަށެވެ. އެކަމަށް ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ދެވަނަ ފަހަރަށް ހުޅުވާލިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ކޯޓުތަކުގައި ހިނގާ މައްސަލަތަކާއި، ނިންމާގޮތް އެއީ ސަރުކާރުގެ އެއްވެސް އޮފީހަކުން ބަލާނެކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
