
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސްް)
ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ކުރިއަށްއޮތް ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާއިއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިމަހުގެ 10ވަނަ ދުވަހުގައެވެ.
ރައްޔިތުންނާއި އެކު ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން ވަރަށް ބޮޑު ހޭދައެއްކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް ގައުމެއްގެ ހާލަތައް ރިއާޔަތްކުރުމަށްފަހު ބަދަލުތަކެއް އަންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށްވެސް މިހާރު ދެމުންދާ އިނާޔަތްތަކަކީ އިންސާފުވެރިގޮތަކަށް ލިބެމުންދާ އިނާޔަތްތަކެއްކަމަށް ރައްޔިތުން ގަބޫލުނުކުރައްވާކަމަށާއި އެހެންކަމުން އިނާޔަތްތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ކުރިއަށްއޮތް މަޖިލީހުގެ ދައުރު ހުޅުވޭއިރު އަޅުގަނޑުމެން އަޅުގަނޑުމެން ހުށައަޅާ ބަދަލުތަކުގެ ތެރޭ އިސްލާހުތަކުގެ ތެރޭގައި އަޅުގަނޑުމެން ހުށައަޅާނަން މިދެންނެވިގޮތައް ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބެވި މިހާރު މަޖިލީހުގައި ނޫޅުއްވާ ބޭފުޅުންނަށް މިލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން ބައެއް އިނާޔަތްތައް އުނިކުރަން ހުށައަޅާނަން. އެއީ އަޅުގަނޑު ހިތުން ގައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި މުވައްސަސާތަކުގައި އުޅުއްވުމަށްފަހު ރިޓަޔަރކުރައްވާފައިވާ ބޭފުޅުން ރިޓަޔަރކުރެއްވުމަށްފަހު ދައުލަތުގެ އެކި މަގާމުތަކަށް ވަޑައިގަންނަވާ އެ ބޭފުޅުން އެ މަގާމުތަކުގައި ފުލްޓައިމްކޮށް އުޅުއްވާ ދުވަސްތަކުގައި ރިޓަޔަމަންޓުން މަހަކު ލިބޭ އަދަދު ލިބުންވެސް އެއީ ރަނގަޅުގޮތެއް ނޫންކަމަށް ރައްޔިތުން ގަބޫލުކުރައްވާކަމަށެވެ. އެ ދުވަސްވަރަށް ރިޓަޔަމަންޓުން އެލިބޭ އަދަދު ނުލިބޭގޮތައް ހެދުން އެއީ އިންސާފުވެރިގޮތެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއް ހަމަ ކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
