
އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެގޮތަށް އެދިފައިވާކަމަށެވެ. އެހެންކަމުން އެކަމާމެދު ގޮތެއް ނިންމަވައިދެއްވަން އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫގައި ނަގާ މިވޯޓު ވެގެންދާނީ، ތާރީޚީ ވޯޓަކަށްކަމަށެވެ. އިއްޔެ ތަސްދީގުކުރެއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލާއެކު މިއީ ޤާނުނުގެދަށުން ނަގާ ފުރަތަމަ ވޯޓަށް ވެގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އެއް ކައުންސިލެއްގެ ބެލުމުގެދަށުން ހިންގަމުންދާތީ އެކމަުގައި އެސިޓީގެ އެކި ރަށްތަކުގެ ރައްޔިތުންގެ ޚިޔާލު ތަފާތުވުންތަކެއް ހުރިކަމަށެވެ. ގިނަ ރަށްތަކެއްގެ މައްޗަށް ސިޓީ އެކުލެވިގެންވުމާއެކު، އެއް ހަމައަކުން ޚިދުމަތްތައް ލިބުމުގައި އެކި ރަށްތަކުގެ ތަފާތުތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމާމެދު ރައްޔިތުން ބޭނުންވާގޮތެއް ނިންމުމަށް، އެކަމުގައި އައްޑޫގެ ހުރިހާ ރަށްތަކުގައި ފެންނަ ނުފެއްނަ ވޯޓެއް ނެގުމަށް ނިންމާފަވާކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކުރިން، އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. “އޮކްޓޯބަރު މަހު ވޯޓެއް ނަގާ، ނަތީޖާއެއް އެބަ ބޭނުންވޭ. ސަރުކާރުން ގޮތެއް ނިންމާ އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް ލޯކަލް ކައުންސިލް އިންތިޚާހުގެ ކަންކަން ގެންދެވޭނީ. މި ވޯޓް ވެގެންދާނީ ތާރީޚީ ވޯޓަކަށް” ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ލާމަރުކަޒުކުރާނެގޮތް ނިންމާނީ އެސިޓީގެ ރައްޔިތުންކަމަށާއި، މިހާ ބޮޑު ނިންމުމެއް ރައްޔިތުންގެ ޚިޔާލަށް ނާހާ ނުނިންމާނެކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއްގެ ސަބަބުން އައްޑޫގެ ކައުންސިލްތަކަށް އަންނާނެ ބަދަލު ރައީސް ވަނީ ތަފްސީލްކޮށްދެއްވާފައެވެ.
“މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގަ ނަގާނީ ވޯޓެއް، ވޯޓުގައި ހިމަނާ ސުވާލުގައި ބަލާނީ އައްޑޫ ހުޅުދޫ ކައުންސިލްގެ ގޮތުގައި އޮންނާނީތޯ ނޫނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނާނީތޯ. މީދޫވެސް، ހިތަދޫވެސް، މިހެންގޮސް އައްޑޫގެ ހުރިހާ ރަށްތަކެއްގަ މި ވޯޓު ނަގާނީ، އެރަށެއްގެ ކައުންސިލް އޮންނަންބޭނުންވާ ގޮތުގެ” ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ އިއްޔެއެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ އެޤާނޫނުގަައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގައިވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
