
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައިދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި އެ ސަހަރުގައި އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރަމުންދާ ބައިނަލްއަޤްވާމީ 22 ޖަމުޢިއްޔާއަކުން ދުނިޔޭގެ ވެރިންނަށް ގޮވައިލައިފިއެވެ. އެހީދޭ ޖަމުޢިއްޔާތަކުން މި ކަމަށް ގޮވައިލާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ކޮމިޝަނަކުން ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ. މިއީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަކީ ޤަތުލުޢާންމެއް ކަމުގައި އދގެ ގުނަވަނަކުން ކަނޑައަޅާފައިވާ ފުރަތަމަ ފަހަރެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. ޣައްޒާގެ މަޞްދަރުތަކުން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 22,000އަށްވުރެ މަތިވާނެ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވައިލާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފް)، އިސްލާމިކް ރިލީފް އަދި ސޭވް ދި ޗިލްޑްރަން ހިމެނެއެވެ. 22 ޖަމުޢިއްޔާއަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔަހޫދީން މިހާރު ހިންގަމުންދާ ޢުދުވާންތަކުގެ ސަބަބުން ފަލަސްޠީނުގެ މިލިޔަނަކަށް ވުރެ ގިނަ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އެ ޖަމުޢިއްޔާތަކުން އިޝާރާތް ކޮށްފައި އެ ވަނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ނަމުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށެވެ.
“ޣައްޒާގެ ހާލަތުގައި އިންސާނިއްޔަތު ކަމެއް ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި، ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ ގޮތުން މިހާރު ހިންގަމުންދާ ޖަރީމާތަކަކީ އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލައި، އެ ރަށް ހަނަފަސް ކޮށްލުމުގެ މަޤުޞަދުގައި ހިންގަމުންދާ ޖަރީމާތަކެއްގެ ގޮތުގައި ވެސް އެ ޖަމުޢިއްޔާތަކުން ސިފަކުރިއެވެ.
“އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބަޔެއްގެ ހައިސިއްޔަތުން ޣައްޒާގެ ރައްޔިތުންނަށް [ޔަހޫދީން] ކުރިމަތި ކުރަމުންދާ އަނިޔާވެރި މަރުތަކާއި، އެ މީހުންނަށް ޖައްސާފައިވާ ނިކަމެތި ހާލު އަޅުގަނޑުމެންގެ ލޮލަށް ފެނޭ،” އެހީދޭ ޖަމުޢިއްޔާތަކުގެ ވެރިން ސޮއި ކުރައްވައި ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
“ބައި މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ހައިހޫނުގައި ޖައްސާފައި. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތް ނިކަމެތިންގެ އަދަދުތައް ދަނީ އުފުލެމުން. އޭގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔެއްގެ ފުރާނަ ދަނީ ގެއްލެމުން،” އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި، މި ކަންކަމުގެ އިންޒާރު އެ ޖަމުޢިއްޔާތަކުން ކުރަމުން ދިޔަ ނަމަވެސް، އެއްވެސް ފަރާތަކުން އެ ކަމާ މެދު މިހާތަނަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ޖައްސަމުންދާ ހާލުން އެ މީހުން ސަލާމަތް ކުރުމަށް ދުނިޔޭގެ ވެރިން ފޭލުވެފައިވާ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ. “އެ ކަން ހުއްޓުވުމަށް ދައުލަތްތަކުގެ ކިބައިގައި އޮތް ސިޔާސީ، އިޤުތިޞާދީ އަދި ޤާނޫނީ ހުރިހާ ފުރުޞަތެއްގެ ބޭނުން ހިފަން ޖެހޭ. ބޭކާރު ވާހަކަ ދެއްކުމާއި، އެއްވެސް އޮއްޓަރެއް ނެތް ފިޔަވަޅުތަކަކުން ލިބޭނެ ކުރިއެރުމެއް ނެތް. މި ވަގުތު ގޮވަމުން ދަނީ ހަރުދަނާ ފިޔަވަޅުތަކަކަށް،” ބަޔާނުގައި ދުނިޔޭގެ ވެރިންނަށް ފާޑުކިޔަމުން ބުނެފައިވެއެވެ.
ޔަހޫދީންނާ ދެކޮޅަށް ގުޅިފައިވާ ބަޔާން ނެރެފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި އިސްލާމިކް ރިލީފް ވަރލްޑްވައިޑް، އެކްޝަންއެއިޑް އިންޓަރނޭޝަނަލް، ކެއަރ އިންޓަރނޭޝަނަލް، ހޭންޑިކެޕް އިންޓަރނޭޝަނަލް، ސޭވް ދި ޗިލްޑްރަން އިންޓަރނޭޝަނަލް، ނޯވީޖިޔަން ރެފުޖީ ކައުންސިލް އަދި ޑޮކްޓަރސް އޮފް ދި ވަރލްޑް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
