
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ ސިޓީގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމުގައި ވިދާޅުވެ، ޣައްޒާ ޢުދުވާން ވަގުތުން ހުއްޓައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރު ފޮލްކަރ ތުރްކު ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި މި ވަނީ، ޣައްޒާ ސިޓީގެ ކުޑަކުދިންނަށް އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރުމަށް މަޖުބޫރު ކުރުވުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ވެސް ސިފަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޔަހޫދީ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށެވެ. އެ ރަށް އިސްތިޢުމާރު ކުރުމުގެ ގޮތުން ފަށާފައިވާ ޖަރީމާގެ ފަހު މަރުހަލާ ފަށާފައި ވަނީ ސެޕްޓެންބަރު 16ވަނަ ދުވަހުއެވެ. ޔަހޫދީންގެ އަމާޒަކީ ޣައްޒާ ސިޓީގައި ދިރިއުޅޭ މިލިޔަނެއްހާ މީހުން އެ މީހުންގެ ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމެވެ. މިހާރު ވެސް 140,000އެއްހާ މީހުން އެ ރަށުން ފައިބާފައިވާ ކަން އދގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
/
“އަޅުގަނޑުގެ ފިކުރަށް ހަމައެކަނި އަންނަނީ، މި ފަދަ ގޮތަށް އަލުން ޙަމަލާތައް އަމާޒު ކުރަން ފެށުމުން އަންހެނުންނާއި، މެލްނަރިޝްމަންޓްގެ ހާލަތު ތަހައްމަލު ކުރަން މަޖުބޫރުވެފައިވާ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ކުރިމަތިލާން ޖެހިފައިވާ ނިކަމެތި ހާލަތު،” ތުރްކު ވިދާޅުވިއެވެ. “އަޅުގަނޑަށް ދަންނަވަން ޖެހެނީ، މި ކަމަށް އޮތީ އެންމެ ޖަވާބެކޭ: އެއީ، މި ޤަތުލުޢާންމު ވަގުތުން ހުއްޓައިލާށޭ.”
ފަލަސްޠީނުގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ރައްޔިތުން ވެސް ސުލްޙައަށް އެދި އާދޭސް ކުރަމުންދާ ކަމުގައި ތުރްކު ވިދާޅުވިއެވެ. އަދި، ހާލަތު އިތުރަށް ގޯސް ކުރުމުގެ ގޮތުން ޢުދުވާންތައް އިތުރަށް ފުޅާ ކުރުމަކީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމުގައި ވިދާޅުވެ ތުރްކު ވަނީ، “ޣައްޒާ ސުންނާފަތި ކުރުން ހުއްޓައިލުމަށް،” ވެސް ޔަހޫދީންނަށް ގޮވައިލައްވާފައެވެ.
ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަން އދގެ ކޮމިޝަނުން ކަނޑައެޅުން
އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަން އދގެ ޚާއްޞަ ކޮމިޝަނަކުން ވެސް ވަނީ ކަނޑައަޅާފައެވެ. އަދި، އެ ކަމުގެ މޭސްތިރިންނަކީ ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި، ރައީސް އިޓްސްހާކް ހެރްޒޮގާއި ކުރީގެ ދިފާޢީ ވަޒީރު ޔޮއަވް ގަލާންތު ކަމުގައި ވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް، ޣައްޒާގައި ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއް ކަމުގައި ދެންނެވުމަށް ތުރްކު ގެންދަވަނީ ފަސްޖެހި ވަޑައިގަންނަވަމުންނެވެ.
ޣައްޒާ ސިޓީގެ ރައްޔިތުން، ޚާއްޞަ ގޮތެއްގައި އެތަކެއް ސަތޭކަ ހާސް ކުޑަކުދިން، އަމިއްލަ ވަޒަނުން ނެރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ޔުނިސެފުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. އެ އިދާރާގެ ތަރުޖަމާނު ޓެސް އިންގްރަމް ވިދާޅުވީ، އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރުމަށް ޣައްޒާ ސިޓީގެ ކުޑަކުދިންނަށް މަޖުބޫރު ކުރުވުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމުގައެވެ.
“700 ދުވަހަށް ދެމިގެން ގޮސްފައިވާ ޢުދުވާނުގައި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބިފައިވާ ބައި މިލިޔަނެއްހާ ކުޑަކުދިންނަށް ‘ނަރަކާ’ އެއް ފަދަ ތަނަކުން އެ ފަދަ އެހެން ތަނަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމަކީ އިންސާނިއްޔަތު ކަމާ ޚިލާފު އަނިޔާއެއް،” އޭނާ ވިދާޅުވިއެވެ. ޣައްޒާއަކީ ނަރަކައާ އެއްފަދަ ތަނެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައި އެ ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ޙަމަލާތަކުގައި ޣައްޒާ ސިޓީ ސުންނާފަތި ކޮށްލާފައި އޮތް ހާލަތު ބަޔާން ކޮށްދެއްވުމުގެ ގޮތުންނެވެ.
“ޣަައްޒާގެ ރައްޔިތުންނަށް އިތުރު ގޮތެއް ނެތް—ހަމައެކަނި ގޮތަކީ ނުރައްކާތެރި ކަން އިންތިހާއަށް ގޮސްފައިވާ ތަނަކުން، ހަމަ އެ ފަދަ ނުރައްކާތެރި ހާލަތެއްގައި އޮތް އެހެން ތަނަކަށް ހިޖުރަ ކުރުން،” އިންގްރަމް ވިދާޅުވިއެވެ. ޣައްޒާގެ އެކި ކަންކޮޅުތަކަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދު ކުރަމުންދާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.*
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
