
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރާއްޖޭގެ އެތުލީޓުންގެ ފެންވަރު މަތިކުރުމަށް މިހާރުވެސް ހިންގަމުންދާ އަރުތަ ޕްރޮގުރާމަށް ގެންނަ ބަދަލުތަކާއެކު ޓެނިހަށްވެސް ކުރިއެރުންތައް ލިބޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކުރިޔަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ހަފްތާގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ މިފަދަ ބައިނަލްއަގްވާމީ މުބާރާތަކުގައި ރާއްޖޭގެ އެތުލީޓުން އެ ދައްކާ މޮޅު ކުޅުމާއި ހޯދާ ކާމިޔާބީތަކަކީ ސަރުކާރުގެ އަރުތަ ޕްރޮގްރާމްގެ ތެރެއިން ޓެނިސް ކުޅުންތެރިން ސްޕޮންސަރކުރުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.
ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގައި ބޭރު ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށްގެން ދިވެހި ކުޅުންތެރިން ޗެމްޕިއަންކަން ހޯދުން އަދި ސެމީއާއި ހަމައަށް އައުން އެއީ ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. “މިއީ މި ޕްރޮގްރާމަށް ކުދިން ސްޕޮންސަރ ކުރުމަށް އެޅޭ އިތުރު ބާރަކަށް ވެގެންދާނެ. ކީތްވެގެންކަން އަޅުގަނޑުމެން ސަޕޯޓްދޭންވީ އެ ކުދިންނަށް. މިކަހަލަ މުބާރާތްތައް މިސާލަކަށް މި ޖޫނިއާ މުބާރާތުގައި ރާއްޖޭގެ ކުދިން ވަރަށް މޮޅު. ވިއްސަކަށް ގައުމު ބައިވެރިވެގެން މިދިޔަ މުބާރާތެއްގައި ފީމޭލް ކެޓަގަރީން އަޅުގަނޑުގެންމެ ކުދިން މިވަނީ ހަމަ އެއްވަނަ ހޯދާފަ. ފިރިހެންވެސް އަޅުގަނޑުމެންނަށް މިއޮތީ ސެމީ ފައިނަލް އާއި ހަމައަށް އާދެވިފަ. އެހެންވީމަ ވަރަށް ކޮމްޕެޓިޓިވްކޮށް އަޅުގަނޑުމެންނަށް އެބަ ގެންދެވޭ އިރާދުކުރެއްވިއްޔާ” ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން އެކުދިން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ލެވެލްގައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެކަންކަން ކުރުމަށްޓަކައި މިހާރުވެސް ކަންކަން ފެސިލިޓޭޓު ކޮށްދެމުން އަންނަ ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދެން އަންނަ ބަދަލުތަކާއެކު އިރާދުކުރެއްވިއްޔާ އަރުތަ ޕްރޮގްރާމުގެ ދަށުން މިހާރަށްވުރެ މާ ފުރިހަމަކޮށް އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
ރާއްޖޭގެ އެތުލީޓުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ ގައުމުތަކުން ތަމްރީނުތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުންނެވެ. ސަރުކާރުން އަމަލުކުރަމުން އަންނަ ދިގު ރާސްތާ ކުޅިވަރު ޕްލޭނުގެ ދަށުން ކުރިޔަށް އޮތް 20 އަހަރުގެތެރޭގަައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދާ ރަންވަނަތައް އިތުރުކުރުމަށް ގިނަ ކަންތައްތަކެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ.
އަރުތަ ޕްރޮގްރާމުގެ ދަށުން ސްޕޮންސަރކޮށްފައިވާ އެތުލީޓުން ވަނީ ބައިނަލްއަގްވާމީ އެކި އެކި މުބާރާތްތަކުން ރާއްޖެއަށް ރަން މެޑަލް އާއި ރިހި އަދި ލޯ މެޑަލް ގެނެސްދީފައެވެ. ޓެނިހަކީ ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކުގައި ރާއްޖޭގެ ކުޅުންތެރިން ގިނަ ފުރުސަތުތަކާއި ތަޖުރިބާތައް ހޯދަމުން އަންނަ ކުޅިވަރެކެވެ. ވަކިން ހާއްސަކޮށް ޖޫނިއާ ކެޓަގަރީން ރާއްޖޭގެ ޓެނިސް ކުޅުންތެރިން ހޯދާ ވަނަތައް ފާހަގަކުރެވެ.
އޭގެތެރޭގައި މިހާރު ކުރިޔަށްދާ އޭޓީއޭފް މުބާރާތުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގެ ނަބާ ނިޝާން ވަނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައެވެ. ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި އަނެއް ކުޅުންތެރިއަކީ ރާއްޖޭގެ މަންހާ މުހައްމަދު އަލީއެވެ. އަދި ރާއްޖޭގެ އާރާ އާސަލް އާޒިމް ވަނީ ނިމިގެންދިޔަ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސިންގަލް އާއި ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޭޓީއެފް މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދީ އާރާއެވެ.
މިހާރު ކުރިޔަށްދާ އޭޓީއެފް މުބާރާތުގެ ފުރަތަމަ ހަފްތާގައި އަންހެން ސިންގަލްސް ކެޓަގަރީގެ ރަނަރަޕްކަން ރާއްޖޭގެ ކިޔާރާ އުސާމާ އަލީ ވަނީ ހޯދާފައެވެ. އަދި ރާއްޖޭގެ އަޒިތާ އައިޝާ ޔާމީން އާއި މަލްޝާ މުހައްމަދު ވަނީ އެ މުބާރާތުގެ އަންހެން ޑަބަލްސްގެ ރަނަރަޕްކަން ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
