
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އޭޝިއަންކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިޔަންމާއަށް ފުރައިފިއެވެ. ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފުރާފައިވަނީ މިއަދު ހެނދުނެވެ. ޢޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 2026 އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ކުރިޔަށްދާނީ 16-24 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ސްކޮޑްގައި ހިމެނެނީ އަހްމަދު އަޔާޒް، ޝާމިން މުހައްމަދު، އަލީ ޝިޔާހް، އިސްމާއިލް ވަޖީހް، ހުސެއިން ސުހެއިލް، އަހުމަދު ޝަމާލް، ހުޒެއިފަތު ރަޝީދު، އިޝާން އިބްރާހިމް، މުހައްމަދު އިމްރާން، އަލީ ހާފިޒް، އަބްދުالله ޒިމާމް އަދި އަބްދުالله ނާސިހްއެވެ. ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްސަލް ތަރި އަދި ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އަހްމަދު ނިޔާޒް (ނިޔާ) އެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2016 އިން ފެށިގެން ނިޔާޒް ވަނީ ގިނަ ކާމިޔާތަކެއް ހޯދާފައެވެ.
ކޯޗު ނިޔާޒްގެ އިރުޝާދުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން މިޔަންމާއަށް ފުރުމުގެ ކުރިން ފާއިތު ހަފްތާތަކުގައި ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރަނީ ކުވެއިތު، އޮސްޓްރޭލިއާ، އިންޑިއާ، މޮންގޯލިއާ، ތައިލޭންޑް، ކޮރެއާ ރިޕަބްލިކް، ބަހްރެއިން، ބުރޫނާއި، ޖަޕާން، މަކާއޯ، ކެމްބޯޑިއާ، އިރާގް، ސައުދީ އަރަބިއްޔާ، ޗައިނީޒް ތައިޕޭ، ޕާކިސްތާން، ވިއެޓްނާމް، އުރުދުުން، ހޮންގކޮންގ، އުޒުބަކިސްތާނު، ކިރްގިސްތާނު، ޓިމޯ ލެންޓޭ، ފަލަސްތީން، ކިރްގިސްތާނު، ބަނގްލަދޭޝް، ޔޫއޭއީ، މެލޭޝިއާ، އީރާން، އަފްޣާނިސްތާން އަދި މިޔަންމާއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިމަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށެވެ. އެއަށްފަހު 22 ސެޕްޓެމްބަރުގައި ރާއްޖެ ނިކުންނާނީ މިޔަންމާއާއި ދެކޮޅެވެ. 2026 އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ 27 ޖެނުއަރީން ފެށިގެން 7 ފެބުރުއަރީގެ ނިޔަލަށް އިންޑޮނީޝިއާގައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ އިރާންއެވެ. އިރާނުން ވަނީ 13 ފަހަރު އޭޝިއަންކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.
2026 ވަނަ އަހަރު ބާއްވާ މުބާރާތަކީ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ 18 ވަނަ މުބާރާތެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
