
(ފޮޓޯ ކްރެޑިޓްްސް: ސާފް)
17 އަހަރުންދަަށުގެ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން 6-0 ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެއްޖެއެވެ. ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށް މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މި ސަރަހައްދުގެ ގަދަ ބާރު އިންޑިއާއިން ވަނީ ފުރަތަމަ ހާފްގައި ރާއްޖޭގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު 2 ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފްގައިވެސް ވަނީ 4 ލަނޑު ޖަހާފައެވެ. އިންޑިއާގެ ފުރަަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޑައްލަލްމުއޮން ގަންޓޭއެވެ.
ދެވަނަ ލަނޑު ޖަހައިދިނީ ހްރިޝިކެޝް ޗަރަން މަނަވަތީއެވެ. ތިންވަނަ ލަނޑު ޖަހާދިނީ ކަމްގޮއުހައޯ ޑޮންގެލްއެވެ. ދެވަނަ ހާފުގައި އިންޑިއާއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގަންލެއިބާއެވެ. ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގަންޓޭއެވެ. މިމެޗުގެ 6 ވަނަ ލަނޑު އިންޑިއާއިން ކާމިޔާބުކުރީ އެ ޓީމުގެ އާޒިމް ޕަރްވީން ނަޖަރު ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ. އިންޑިއާއަކީ 6 ފަހަރު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމެކެވެ.
މިއަދުގެ މެޗުގައި ރާއްޖޭންވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އިލާން އިމްރާން ބޯޅަ އާއިއެކު ގޯލު އޭރިއާތެރެެއިން ކުރިއަށްފޮނުވާލަން އުޅުނު ބޯޅައެއް އިންޑިއާގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ. މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓް ކުރީ އިންޑިއާގެ ކުޅުންތެރިންނެވެ. މި މުބާރާތުގައި ދެން ރާއްޖެ ނިކުނާންނާނީ 19 ސެޕްޓެމްބަރުގައި ޕާކިސްތާނާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
