
މެންޗެސްޓާ ޔުނައިޓެޑް ލައްވައި އޭނާ ކުޅުވަން ބޭނުންވާ ސިސްޓަމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ. އޭނާ މިހެން ބުނީ ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ތަފާތު ބޮޑުކޮށް ބަލިވުމުން އެކަމާ ގުޅުވައި އޭނާގެ ވަޒީފާ ގެއްލިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ. “އަހަރެންގެ އުސޫލުތައް ބަދަލެއް ނުކުރާނަން. އަހަރެން ސިސްޓަމް ބަދަލު ކުރަން ވެއްޖެނަމަ އަހަރެން އެކަން ކުރާނަން. އަކަމަކު އެކަން ބަދަލު ކުރަން ކުލަބުން ބޭނުންވެއްޖެނަމަ އެކަން ކުރެވިދާނެ. އެކަން ކުރަން ބޭނުންނަމަ ޖެހޭނީ އަހަރެން ވަކި ކުރަން،” އަމޮރިމް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އަމޮރިމް ހަވާލުވި ފަހުން މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 16 މެޗުން ވަނީ ބަލިވެފަ އެވެ. މިކަމާ ގުޅުވައިގެން ޔުނައިޓެޑްގެ ކުރީގެ ބައެއް ލެޖެންޑުން ވެސް ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ. ކުރީގެ ކެޕްޓަން އަދި ފޯވަޑް ވޭން ރޫނީ ބުނީ އަމޮރިމްއާ އެކު ޔުނައިޓެޑް ކުރިއަށް ނުދާނެ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރަން ޔުނައިޓެޑުން ބޭނުން ނުވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ. ގިނަ މީޑިޔާތަކުން ބުނީ ސީޒަނުގެ މިހާ ކުރީކޮޅު އަވަސް އަރުވާލައިގެން ކޯޗު މަގާމުން ވަކި ކުރުމުގެ ވިސްނުން ޔުނައިޓެޑްގެ މެނޭޖްމަންޓުން ނުގެންގުޅޭ ކަމަށެވެ. އަމޮރިމް ބުނީ ފުޓްބޯޅައިގައި ހުރިހާ ވެސް އެއްޗަކީ ނަތީޖާ ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ނަތީޖާ ގޯސްކޮށް ނުކުންނަނީ ވަރަށް ގިނަ ސަބަބުތަކާހެދި ކަމަށާއި ގިނަ ބަޔަކަށް ޔުނައިޓެޑް ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ތަހަންމަލް ކުރި ކަންކަން ނުވެސް ވިސްނޭނެ ކަމަށެވެ.
“ފެންނާނީ ހަމައެކަނި ނަތީޖާ. އެކަމާ ސަޕޯޓަރުން ވެސް ހިތްހަމަ ނުޖެހޭނެ. އަހަރެން ދެކޭ ގޮތުގައި ޔުނައިޓެޑްގެ ސަޕޯޓަރުން ކެތްތެރިވާން ޖެހޭ. ސަޕޯޓަރުންނަށް ދޮގު ހަދާކަށް އަހަރެން ނެތިން. އަހަރެން މި ކުލަބުގައި ހުރިހާ ހިނދަކު މަސައްކަތް ކުރާނީ ކުލަބަށް އެންމެ ފައިދާ ހުރި ގޮތަކަށް،” ކޯޗު ބުންޏެވެ. ޔުނައިޓެޑަށް ދެން އޮތީ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަމޮރިމް ބުނީ އޭނާ މަސައްކަތް ކުރަނީ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށާއި އެކަމަށްޓަކައި ވަކި މީހެއްގެ މޫނަށް ނުބަލައި ކަންކަން ކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
