
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކާމިޔާބުކޮއްފިއެވެ. މާޒިޔާ ޝީލްޑް ކާމިޔާބު ކުރީ ވާދަވެރި އީގަލްސްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. މިއީ މި ޝީލްޑް މާޒިޔާއިން ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. ދޮޅު އަހަރަށް ފަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަންގެ މުބާރާތްތައް ފެށުމަށް ކުޅެވުނު މެޗުގައި މާޒިޔާ އަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް އާއި ނާއިޒު ހަސަން އެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސް އެވެ. މެޗުގެ 12 ވަނަ މިނިޓުގައި މާޒިޔާގެ ޕެނެލްޓީ އޭރިޔާ ބޭރުން އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އުގުލީ އަބްދުލް މާލިކު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.
މާޒިޔާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗު 18 ވަނަ މިނިޓުގައެވެ. ނާއިޒް އޭރިޔާތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ވަނީ ލިބިފައެވެ. އެގޮތުން މާޒިޔާގެ ހަމްޒާ މުހައްމަދު އާއި އީގަލްސްގެ އިބްރާހިމް ރިޒުވާން އަށް ލިބުނު ފުރުސަތު ފާހަގަކޮއްލެވެއެވެ. މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަހާފުގެ އިތުރުވަގުތުތެރޭގެ އޭރިޔާ ބޭރުގައި ހުރެފަ އައިހަމް ފޮނުވާލި ބޯޅަ އީގަލްސް ކުޅުންތެރޔެއްގެ ގައިގަ ޖެހިފަވަނީ ގޯލަށެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން 51 ވަނަ މިނިޓުގައި ފެނިގެންދިޔައީ އީގަލްސްގެ ހަމަލާއެކެވެ. އޭރިޔާ ބޭރުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ މާޒިޔާގެ ސާބިއަރ ކީޕަރު ނިމެންޖަރއެވެ.
މެޗުގައި މާޒިޔާގެ ދެވަނަ ލަނޑަކީ އޭރިޔާތެރެއަށް އައިހަމް ވަދެފަ ހުރަސްކޮއްލި ބޯޅައެއް ގޯލް އޭރިޔާތެރެއިން ކީޕަރު ނުކުތް ވަގުތު އެބޯޅައަށް އެރި ނާއިޒް ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ނާއިޒް ޖެހީ 57 ވަނަ މިނިޓުގައެވެ. މާޒިޔާގެ މި ލަނޑަށްފަހު ވެސް ރިޒްވާން ވަނީ ނުރައްކާތެރި ހަމަލާއެއް މާޒިޔާ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ 84 ވަނަ ހަމްޒާ އޭރިޔާ ބޭރުން ނަގައިދިން ބޯޅަ ޒުވާން މުހައްމަދު އިލާން އިމްރާން ބޮލުން ޖައްސާލުމުން ވަނީ ގޯލްގެ ދަނޑައަށް އަމާޒުވެފައެވެ. މާޒިޔާ ލިބުނު ޗެރިޓީ ޝީލްޑް ފައިސާގެ އެއްބައި އެޓީމުން ވަނީ ރާއްޖޭ ލޮލުގެ ފެނުމުން މަހްރޫމްވެފަ ތިބޭ ކުދިންގެ ޖަމިއްޔާ އަށް ހަދިޔާކޮއްފައެވެ. މި މެޗުން މޮޅުވި މާޒިޔާ އަށް ޝީލްޑް ހަވާލުކޮއްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ. ޗެރެޓީ ޝީލްޑް އެންމެ ފަހުން މާޒިޔާ ކާމިޔާބު ކުރީ 2020 ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
