
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ މަރުހަލާއެއްގައިވެސް ރައްޔިތުންގެ އަޑު އަހައި، ޚިޔާލުތައް ބަލައިގަނެވޭކަން ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއިގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ޑިމޮކްރަސީ ދުވަހެއް ފާހަގަކުރަމުންދާއިރު، ޑިމޮކްރަސީގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކުމަށް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސަތު ކަނޑައެޅުމުގައި ކޮންމެ ދިވެއްސެއްގެވެސް އަޑު އަހައި، ހިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަނެވޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވަނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދުނިޔޭގައި އެބަޔަކަށް ހައްޤު މަޤާމު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި އެކު ދެމިތިބި ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ޕޯސްޓުގައި މިކަމާއި ގުޅުވައި އިޝާރާތް ކުރެއްވީ އަމިއްލަ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އެގޮތުން އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްޤު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްޤު ހޯދައިދެންޖެހޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވާއިރު، ޔަހޫދީ ދައުލަތުން ހިންގަމުންދާ ޤަތުލްޢާމް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ކުއްވެރުކުރަމުުންނެވެ. އަދި ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވާ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލާ، ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން ދަނީ ބައިވެރިވަމުންނެވެ.
ބައިނަލްއަޤްވާމީ ގޮތުން ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އދ. އާންމު މަޖިލީހުން ނިންމާފައިވަނީ 2007 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ނިންމާފަވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޤައުމުތަކުގެ ޑިމޮކްރެސީއަށް ކުރާ މަސައްކަތް ބަލައި، އެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
