
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުން ފާސްކުރި “ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު”ގެ ސަބަބުން ރިޔާސީ ދައުރު އަދި މަޖިލީހުގެ ދައުރުވެސް ދެމިގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވީ ބިލު ދިރާސާ ކުރުމަށްފަހު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހަޅުއްވައި ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަކީ މިވަގުތަށް މުހިންމު ބިލެއް ނޫން ކަމަށާއި އެކަން ސަރުކާރުން ކުރައްވަނީ އަމިއްލަ ބޭނުމެއް އޮވެގެން ކަމަށް މަޖިލީހުގެ ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން މި ބިލާއެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ދައުރު ދަންމާލާނެ ކަމަށް އެ މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ވާހަކަަތަކަށް ރައްދު ދެއްވައި ބިލު ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މިއީ ރައްޔިތުންގެ ޚިޔާލު ވީހާވެސް ފުޅާ ދާއިރާއެއްގައި ކަންކަމުގައި ހޯދުމަށް މުހިންމު ބިލެއް ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭ ހާލަތްތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު މި ބިލުގެ ސަބަބުން އެކަންކަން ތަފްސީލުކުރެވިގެންދާ ކަމަށާއި މިއީ އެ ޤާނޫނުއަސާސީއާއެކު އަންނަންޖެހޭ ބިލެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލުން ރިޔާސީ ދައުރާއި މަޖިލިސް ދައުރު ކުރުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން، މިހާރު 17 ނޮވެންބަރުގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން 11 ނޮވެންބަރަށް ބަދަލުކޮށް ރިޔާސީ ދައުރު ކުރުކުރެވޭއިރު މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުން މަޖިލީހުގެ ދައުރުވެސް ކުރުވުމުގެ ފުރުސަތު ބިލުން ލިބިގެންދާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވިއެވެ.
“ރައްޔިތުންނަށް އޮޅޭގޮތަށް ރިޔާސީ ދައުރު ދަންމާލާކަށް ރައީސުލްޖުމްހޫރިއްޔާ ރަސްކަމެއް ކުރާކަށް ބިލެއްގައެއް ނެތް. އެހެންނަމަވެސް މިތާނގައި މެންބަރުން ރައްޔިތުންނަށް އޮޅޭގޮތަށް މިކިޔަނީ އަޅުގަނޑުމެން މިއުޅެނީ ރިޔާސީ ދައުރު ދަންމާލާށޭ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލާށޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަގީގަތުގައި މި ބިލާއި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ ވާހަކަތައް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ދައުރު 6 މަސް ދުވަސް ކުރުވާނެ. 6 މަސްދުވަހުގެ މުސާރަ އަޅުގަނޑުމެން ގުރުބާން ކޮށްލާނަން،” ފަލާހު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެެ މަޖިލިސް)
ބިލަށް ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ، ކަންކަމުގައި ހިމަނުއްވަން ބޭނުންފުޅުވާތީ ކަމަށެވެ. “ރައީސް މުޢިއްޒު ބޭނުންވަނީ މި ރާއްޖޭގެ ކޮންމެ ބަދަލެއް، ދިވެހި ނިޒާމުގެ ތެރެއަށް، ޤާނޫނީ ނިޒާމުގެ ތެރެއަށް ގެންނައިރު ރައްޔިތުން އެކަމާ ދެކެވަޑައިގަންނަވާގޮތަކީ ކޮބައިކަން ސާފުކުރަން އެމަނިކުފާނު ބޭނުންފުޅުވަނީ. އެހެންވީމަ 17 އަހަރުވަންދެން ނެހެދި އޮތް ޤާނޫނެއް އެ މަނިކުފާނުގެ ފަރާތުން މަޖިލީހަށް މި ހުށަހެޅުއްވީ،” ޝުޖާޢު ވިދާޅުވިއެވެ.
މި ބިލަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު ޢައްބާސްވެސް ވަނީ ތާޢީދު ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު އޮޅުވާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރަށުގެ ތަރައްގީގެ ކަންކަން އަދި ޤައުމުގެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްގެންދިއުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. “ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު” މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ހާލަތްތަކާއި ވޯޓު ނެގުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
