
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކުރުމަށް 5 އަހަރު ދުވަހުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިކަން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ވެށި ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ޑިމޮކްރަސީގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުކުރުން ކަމަށެވެ. އެގޮތުން ޑިމޮކްރަސީގެ ނިޒާމެއް ރާއްޖޭގައި އޮންނައިރު، ރައްޔިތުންގެ ބައިވެރިވުމާއެކު އެންމެ ފުރިހަމަ ގޮތުގައި ނިޒާމު ކުރިއަށްގެންދެވޭނެ ގޮތަކާމެދު ރައްޔިތުން ހޭލުންތެރިކުރަންޖެހޭކަމަށް ޒާހިދު ވިދާޅުވިއެވެ.
“ޑިމޮކްރެޓޮކް ވެށްޓެއްގައި ބައިވެރިވެގެން މަސައްކަތްކުރުމުގެ ފުރުޞަތު މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ލިބެންޖެހޭ. ސިޔާސީ ޕާޓީތަކުންވެސް ވިސްނަންޖެހޭ ޕާޓީ ހިންގުމުގައި ރައްޔިތުން ބައިވެރިކޮށްގެން ރަށު ފެންވަރުގައިވެސް ދާއިމީ ގޮތެއްގައި ހަރަކާތްތަކެއް ހިންގަން.” ޒާހިދު ވިދާޅުވިއެވެ. 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ބޮޑު އެހީއެއްދޭކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށްޓަކައި ޕާޓީތަކުންކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ޕާތީތަކުގެ މެންބަރުން ނިޒާމަށް އަހުލުވެރިކުރުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޒާހިދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުންވެސް އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކާ ގުޅިގެން ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށްޓަކައި 5 އަހަރު ދުވަހުގެ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ރާވަމުންދާކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ. “މުޅި ރާއްޖެއަށް ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކައި ޕާޓީތައް ގުޅިގެން މަސައްކަތްކުރަންޖެހެނީ. ޑިމޮކްރަސީއަކީ ފައިދާ ލިބޭ، ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަންޖެހިފައި އެބައޮތް. ހިންގާ ބައެއް ޕްރޮގުރާމްތަކުން އެބަ ދެނެގަނެވޭ ޒުވާނުން މި ނިޒާމަށް ކުރާ އިތުބާރުކުޑަކަން. ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް މަދުވާ ތަން އެބަފެނޭ.” އީސީގެ ރައީސް ވިދާޅުވިއެވެ.
އީސީގެ ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވާނީ ޕާޓީތަކާއި ޢާންމު ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ މި ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީތައްވެސް ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ނިޒާމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
