
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާކުރެވޭ ވަރަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން އެފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް އެއް މޭޒަކަށް އެރެން ޖެހޭނެ ކަަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާވިވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އުފައްދާ ވެރިކަމެއް އޮތުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ވޯޓު ދިނުމުގެ ޙައްގަކީ އެގޮތުން ރައްޔިތުންގެ އަޑު އިއްވުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. އަދި އެ ޙައްޤު އަދާކުރެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. “ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް ވޯޓުލުމުގެ ޙައްގަކީ. އެހެންވީމަ އެ ޙައްގު އަދާކުރުން އެއީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭކަމެއް. އެއީ އެ މީހެއްގެ ޒިންމާ އަދާކުރަން އެބަޖެހޭ. ޒިންމާ އަދާކޮށްގެން ނޫނިއްޔާ އެ ބޭނުންވާ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ނުވަތަ ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ. ޒިންމާއިން ރެކުމުގެ ބަދަލުގައި ޒިންމާ އަދާކުރުން ވަރަށް މުހިންމު. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރަން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ނޫނީ ކައުންސިލް މެންބަރުން އިންތިޚާބުކުރަން ބާއްވާ އިންތިޚާބެއްގައި ވޯޓުނުލައި ތިބެފަ ދެން އެކަމަށް ފާޑުކިޔުން އެއީ އެންމެ ޒިންމާދާރުގޮތެއް ނޫން،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޑިމޮކްރަސީގައި ރާއްޖެއިން ވަރަށް މުހިންމު ކާމިޔާބީތައް ހޯދާފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން، ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިވާ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަންވާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެެއިން ކަމަށާއި ކޮންމެ ކަމެއްގައިވެސް ދެ ފަރާތުގެ ޙައްގު އޮންނާނެކަން ދަނެގަނެ އެ ޙައްގުތަކަށް ރައްކާތެރިވުން މުހިންމު ކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި ރާއްޖެ ވާނީ ޑިމޮކްރަސީގައި ނަމޫނާ ޤައުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި މުސްތަގުބަލު ވަރަށް ހަރުދަނާކޮށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
