
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކުޅިވަރުގައި ލިބެމުންދާ ކާމިޔާބީތައް ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ކޮށްގެން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވުމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ކާމިޔާބީގެ އެންމެ މުހިންމު އެއްކަމަކީ ލިބޭ ކަމިޔާބީ ނުވަތަ އެއްފެންވަރެއްގައި ޓީމުގެ ކުޅުން ހިފެހެއްޓުން ކަމަށެވެ. ކުޅިވަރުގައި އެހެން ހަރުފަތަކަށް ދިޔުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ މިކަންކަން ފުރިހަމަވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ މުހިންމު ކަމަކީ ލިބުނު ކާމިޔާބީގެ ފޮނި ހަނދާންތައް ދެމެހެއްޓޭނެ ގޮތެއްގައި މަސައްކަތްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ކުރިއަށް އަޅުގަނޑުމެންގެ އަރަމުންދާ ތަރިން ނުވަތަ ޔަންގް ޕްލެޔަރުން، އެ ކުދިންގެ ކުރިއަށް ދިޔުމަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ހޯދައިދީ، އެކަން ފުޓްބޯޅައިގެ ތެރެއިން އިތުރު ހަރުފަތަކަށް ކުރިއަށްގެންދިޔުން، މިހާރު އޮތް ޓީމަށްވެސް އިތުރު ފުރުސަތުތައް ހޯދައިދިނުން އޭގެތެރޭގައި ހިމެނޭ.” ރާފިޢު ވިދާޅުވިއެވެ. ރާފިޢު ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅުން ބަދިހިކޮށްގެން ނޫންގޮތަކަށް ދާން ބޭނުންވާ މިސްރާބަށް ނުދެވޭނެ ކަމަށެވެ. ޓީމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެންމެ ބޮޑު ބާރަކަށް ވެގެންދާނީ ޓީމުގެ ފަހަތުގައި މެނޭޖުކުރުމަށް އޮންނަ ޓީމުގެ ދައުރު ބޮޑުވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސައުތު އޭޝިއަން ސުޕަ ކަޕުގައި ދިވެހި ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ބާރު ފުރިހަމައަށް ފެނިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ދިވެހި ސަޕޯޓަރުން ދެއްކި ތަފާތު ސަޕޯޓަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ކާމިޔާބީގެ ބޮޑު ބައެއްގެ ހިއްސާ އޮތީ ދިވެހި ސަޕޯޓަރުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސައުތު އޭޝިޔަން ސުޕަ ކަޕަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅުމަށެވެ. އެ ގޮތުން ފުރަތަމަ ލެގުގައި މި މަހު ހަވަނަ ދުވަހު ރާއްޖެއިން ވަނީ 3-0 ގެ ނަތީޖާއަކުން ލަންކާ އަތުން މޮޅުވެފައެވެ. އަދި ދެވަނަ ލެގުގައި ރާއްޖެއިން ވަނީ 1-1 ގެ ނަތީޖާއަކުން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ ހަތް އަހަރު ފަހުން ރާއްޖެއިން ސަރަހައްދީ މުބާރާތަކުން ހޯދި ފުރަތަމަ ތައްޓެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
