
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޑާރބީގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެއްޖެ އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ސިޓީ ނިކުތްއިރު ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު އިޓަލީގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ފުރަތަމަ ޓީމުގައި ހިމަނާފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އަރިމަތިން ޖެރެމީ ޑޯކޫ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފިލް ފޯޑެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި ޖެރެމީ ޑޯކޫގެ އެސިސްޓަކުން އާލިން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މެންޗެސްޓަރ ޔުނައިޓެޑަށް މި މެޗުގައި ލިބުނު އެންމެ ރަގަޅު ފުރުސަތުގައި ބްރަޔަން އެމްބުއޭމޯ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ގޯލުކީޕަރު ޑޮންނަރޫމާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.
ޔުނައިޓެޑް އަތުން ސިޓީ މި މެޗުގައި މޮޅުވުމާއިއެކު އެ ޓީމު ވަނީ އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި 9 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެފަ އެވެ. އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގުގައި ނަޕޮލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު ޔުނައިޓެޑް ދެން ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
