
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ހަފުތާގައި ފަށާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ މަގާމަށް މުޙައްމަދު ނަޒީހު ހަމަޖައްސައިފި އެވެ. ނަޒީހަކީ ކުރިން ވެސް ދެ ފަހަރެއްގެ މަތީން ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަން ކޮށްފައިވާ ފަރާތެކެވެ. އޭނާއާއެކު އެ ޓީމުން މިހާރު ވަނީ ފަރިތަކުރަން ފަށައިފަ އެވެ. ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ. ނަޒީހަކީ ކުރިން ވިކްޓަރީ އާއި ނިއުރޭޑިއަންޓްގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އާއި ވީބީ ފަދަ ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ.
ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީން ފުރަތަމަ މެޗުގައި ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ނަޒީހު އޭނާގެ ބޭބެ އަދި ނިއުރޭޑިއަންޓްގެ މިހާރުގެ ކޯޗު އަލީ ސުޒޭނާ ދެކޮޅަށް ނުކުންނާނެ މެޗަށެވެ. ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ޓީސީއާ ދެކޮޅަށެވެ.
ހަތަރު ވަނަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ފަސް ވަނަ މެޗުގައި ވާދަ ކުރާނީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ހަ ވަނަ މެޗުގައި ވާދަ ކުރާނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަގު ވިކްޓަރީއާ އެވެ. އެއަށް ފަހު ވާދަކުރާނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ކުލަބު އީގަލްސްއާ ދެކޮޅަށް ވާދަކުރާނެ އެވެ. އަދި ނޮވެމްބަރު 24ގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުމަށް ފަހު ފުރަތަމަ ބުރުގެ ފަހު މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ޔުނައިޓެޑް ވިކްޓަރީ އަކީ މި ސީޒަނަށް ތައްޔާރުވާން އެންމެ ފަހުން ޕްރެކްޓިސް ފެށި އެއް ޓީމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
