
އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއަށް މޮޅުވެވުނީ ފަހު ވަގުތު ޖެހި ޕެނަލްޓީއަކުން ކަމަށްވުމުން އެކަމާ އުފާކުރާ ކަމަށް ބާންލީން ބުނެފިއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ސްކޮޓް ޕާކާ ބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތަށް ލިވަޕޫލްގެ އިންތިޒާރު ގެންދެވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. “މި މެޗުގައި އަހަރެން ގަދަ އަޅާފައި މި ބުނަނީ އަހަރެންގެ ކުޅުންތެރިންގެ މަސައްކަތާމެދު އަހަރެން މިހުރީ ވަރަށް އުފަލުން. ހުރިހާ ވެސް އެއްޗަކީ ކުޅުންތެރިންގެ މަސައްކަތް. އެ މީހުން ވަރަށް މަސައްކަތް ކުރީމާ ލިވަޕޫލަށް ޕެނަލްޓީ އަކުން މޮޅުވާން ޖެހޭނީ،” ކޯޗު ބުންޏެވެ.
އޭނާ ބުނީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލަށް ލިބުނު ޕެނަލްޓީއާ މެދު ތަފާތު ނަޒަރަކުން ވިސްނިދާނެ ކަމަށެވެ. “އެކަމަކު އެ ބޯޅަ އައި ސްޕީޑާއި އެ ބޯޅަ ޖެހި ތަނާއި ކުޅުންތެރިން ތިބި ގާތްކަމާ މިހުރިހާ ކަމަކަށް ބަލާއިރު އެ ވަގުތު ކުޅުންތެރިން ދެ އަތް ފުރަގަހަށް ލައި އަތް ފޮރުވައިގެން ތިބެންވާނެއޭ ކޯޗަކަށް ބުނެވިދާނެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެ ވަގުތުގައި އެއީ ފަސޭހަ ކަމެއް ވެސް ނޫން. އެހެންވީމާ އަހަރެންގެ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު ހައްގު،” ކޯޗު ބުންޏެވެ.
މި މެޗުން ބަލިވުމުން ބާންލީ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ 17 ވަނާގަ އެވެ. ލިވަޕޫލް އެއްވަނާގައި ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުގައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
