
(ފޮޓޯ ކްރެޑިޓްސް: އެމްޖޭއޭ)
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިންގެ ފޯރަމެއް ބޭއްވުމުން، އެ ފޯރަމްގައި އެމްޑީޕީގެ އިސްވެރިން ބައިވެރިވެ، ބައެއް ސިޔާސީ ފަރާތްތަކުން ވާހަކަ ދެއްކުމަކީ ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވި ކަމެކެވެ. މިކަމުގެ ސަބަބުން ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އާންމުންނަށް ސާފުކޮށް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަރަށް ސާފުކޮށް އަޑު އުފުލުމަކީ މުހިންމު ކަމެކެވެ. ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހޭނީ ނޫސްވެރިންނެވެ. ބިލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަންނާނެ ބަދަލުތަކާއި، ނޫސްވެރިންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު އާންމުން ހޭލުންތެރި ކުރުވުމަކީ ނޫސްވެރިންގެ ވާޖިބެކެވެ. އާންމުންނަށް މި ބިލުގެ ހުރި ކަންބޮޑުވުންތައް އަކުރުން އަކުރަށް، ހަގީގަތް އޮޅުވާ ނުލައި ގެނެސްދޭން ޖެހެއެވެ. މިސާލަކަށް ބިލްގެ މި މާއްދާ މިހެން އޮވެއްޖެއްޔާ މިވެނި ކަމަކަށް އެބަ ހުރަސް އެޅެއޭ، މިއީ އިސްލާހް ކުރަން ޖެހޭ ކަމެކޭ، މިހާ ތަފްސީލްކޮށް ކިޔައިދޭން ޖެހެއެވެ. މި މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާނެކަން ސާފުކޮށްދޭން ޖެހެއެވެ.
ނަމަވެސް، މި ފެންނަނީ ވަގުތުގެ ބޭނުން ހިފައި، ވަކި ޕާޓީއެއްގެ އެކްޓިވިސްޓުންތަކެއް ނިކުމެ، އެމީހުންގެ ހިތުގައި ހިފެހެއްޓިފައި ހުރި އިމޯޝަންސްތަކެއް ބޭރު ކުރާ ތަނެވެ. މިކަމުގެ ސަބަބުން ނޫސްވެރިންގެ ހަގީގީ ކަންބޮޑުވުންތައް ފޮރުވި، ސިޔާސީ ކުލައެއް ޖެހިފައިވާ ކަމެއްގެ ގޮތުގައި އާންމުންނަށް ފެނިގެން ދެއެވެ. އެހެންވެ ތިޔަކަހަލަ ކަންކަމުގައި އާންމުންނަށް އެއްބާރުލުން ނުދެވެނީއެވެ. މި ފޯރަމުން ވެސް ޕެޓިޝަނުގައި ސޮއިކުރި ކަމަށް ބުނާ 150 ނުވަތަ 200 ނޫސްވެރިން ފެންނާނެ ކަމަށް އުންމީދުކުރެވުނެވެ. އެކަމަކު ފެނުނީ ސިޔާސީ ޕާޓީއެއްގެ ބަޔަކު ކަމަށް ވުމުން، މިކަމުގެ ސަބަބުން އާންމުންގެ ޝައުގުވެރިކަން ކުޑަވިއެވެ.
މިހެންވެ ތިކުރާ ކަމަށް އާންމުންވެސް ޝައުގުވެރިކަމެއް ނެތީއެވެ. ރައްޔިތުންގެ ކޮމެންޓްތައް ކިޔާލި އިރު ގިނަ މީހުން އޮތީ ނޫސްވެރިންނަށް ބަވާފައެވެ. ގައުމެއްގެ ހާލަތު ބަދަލުކުރުމުގައި ނޫސްވެރިންނަކީ އެންމެ އިސް ރޯލު އަދާކުރާ މީހުންނެވެ. އެކަން ވާނީ އާންމުންނަށް ފޯރުކޮށްދޭން ޖެހޭ ގޮތަށް އެބަޔަކު ހާސިލް ކުރަން ބޭނުންވާ ކަމެއް ރަނގަޅަށް ފޯރުކޮށްދެވިގެންނެވެ. އަދި ފޯރުކޮށްދެވޭ ތަނެއް މިހާރު ނުފެނެއެވެ. ނޫސްވެރިންގެ ހަގީގީ މަގްސަދާއި މަސްއޫލިއްޔަތު ހަނދާން ނައްތާލާފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކުރީގަ ނޫސްވެރިކަން އުޅުނު ކަހަލަ ކޮލިޓީ ނޫސްވެރިން ނެތީ ކަމަށް ވެސް ވެދާނެއެވެ. މިހާރު ތިއުޅޭ ގޮތުން ފެންނަނީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެކްޓިވިސްޓުން އުޅޭހެން ނޫސްވެރިން ވެސް އުޅޭ ތަނެވެ. މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ އިތުބާރު ގެއްލި، އާންމުންގެ ތާއީދު ކުޑަވެއެވެ. އެހެން ނަހަދާށެވެ. ހަގީގީ ކަންބޮޑުވުން އާންމުންނަށް ހާމަކޮށްދޭން ހިނގާށެވެ. އެއިރުން އަޅުގަނޑުމެން ވެސް އެކަމަށް އެއްބާރުލުން ދިނުމަށް މިތިބީ ތައްޔާރަށެވެ. ނޫސްވެރިންގެ މަސައްކަތަކީ ސިޔާސީ ކުލައެއް ނުޖެހި، ތެދު މައުލޫމާތު ފޯރުކޮށްދިނުން ކަމުގައި ހަދަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
