
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޤަތަރަށް ފުރާ ވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ޔަހޫދީން ޤަތަރަށް ޙަމަލާ ދިނުމާއި ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޤަތަރުން އިންތިޒާމުކޮށްގެން ބާއްވާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ސަމިޓުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ޤަތަރަށް ޔަހޫދީން ދިން ޙަމަލާތަކާއި ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ޤަތަރާއި ފަަލަސްޠީނުގެ ރައްޔިތުންނާއެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޔަހޫދީން އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ މަސައްކަތުގައި އަބަދުވެސް ރާއްޖެއިން ދެމިއޮންނާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Departing to Doha to participate in the Preparatory meeting of Foreign Ministers for the Emergency Arab-Islamic Summit, convened by the State of #Qatar.
Look forward to engaging with my counterparts from across the Islamic world to discuss the recent attack on Qatar by Israel,…
— Abdulla Khaleel (@abkhaleel) September 13, 2025
ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ “ގްރޭޓަރ އިޒްރޭލް”ގެ ނަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުން ބައެއް ހިފުމަށް ޕްލޭންތަކެއް އޮތްކަން މިދިޔަ މަހު ހާމަކޮށްފައެވެ. މި ޕްލޭންގައި ޤައްޒާގެ އިތުރުން ލެބަނޮންއާއި ސީރިއާއާއި މިޞްރާއި ޖޯޑަންގެ ބައެއް ހިފުމަށް ނަތަންޔާހޫ ވަނީ ނިންމާފައެވެ.
މި ޕްލޭންގައި ޤަތަރު ނުހިމެނުނަސް، ޔަހޫދީން ޤަތަރަށް ހަމާލާދީފައިވާއިރު، ޢީރާނަށްވެސް ވަނީ ޔަހޫދީން މިފަހުން ހަމަލާދީފައެވެ. ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
