
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތް ގޮތުން ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް ބުރަވެއެވެ. ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުންތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ މީހުންނަށް ލިބޭ ޕެންޝަން އިނާޔަތްތައް އެއް ހަމަ ކުރުމަށްޓަކައި ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބޭ މީހެއް، އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވާނީ ނިންމާފައި.
އަދި މީގެ އިތުރުން…
— Dr Mohamed Muizzu (@MMuizzu) September 10, 2025
ދައުލަތުގެ ޕެންޝަން ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ގެންނަ ބައެއް ބަދަލުތައް މާލީ ވުޒާރާއިން މީގެ ކުރިން ނޫސްވެރިންނަށް ތަފްސީލުކޮށްދެއްވާފައިވެއެވެ. 2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނެއް ވުޖޫދުވެ، މަލްޓިޕިލަރ ޕެންޝަން ނިޒާމެއް ތަޢާރަފުވިއެވެ. މި ނިޒާމުގައި ހިމެނެނީ މައިގަނޑު ދެ ޕެންޝަން ސްކީމެކެވެ. އެއީ މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
ޢުމުުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމަކީ 65 އަހަރު ފުރުމުން ސަރުކާރުންދޭ 5،000 ރުފިޔާގެ އިނާޔަތެވެ. މި އިނާޔަތް ދޭ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އެ ބަދަލުގެ ސަބަބުން އިނާޔަތް ޙައްޤުވާ އެއްވެސް ފަރާތަކަށް އިނާޔަތް ކަނޑައެއްނުލައެވެ. މިހާރު އިނާޔަތްދޭ ގޮތަށް ބަލާއިރު، މީހެއްގެ މިލްކިއްޔާތުގައި ކިތަންމެ ވަރަކަށް ފައިސާ ހުރެ، އޭނާއަކީ މުއްސަނޖެއްކަމުގައިވާ ނަމަވެސް އިނާޔަތް ލިބެއެވެ. މިއީ އެންމެ ހަރުދަނާ ގޮތް ނޫންކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ. 2009 ވަނަ އަހަރު ތަޢާރަފުވި މަލްޓިޕިލަރ ޕެންޝަން ނިޒާމުގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންގެ ސްކީމްގެ އިތުރުން ދެން އެކުލަވާލާފައިވަނީ މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމެވެ. މި ސްކީމަކީ ދިވެހި ދައުލަތުގެ މުއައްސަސާއަކުން މުވައްޒަފުން ރިޓަޔަރވާއިރު، އެ މީހުންނަށް ގަނޑުކޮށް ފައިސާ ދިނުމާއެކު މުޅި ޢުމުރަށް މަހުން މަހަށް ފައިސާ ލިބެމުންދާ ނިޒާމެވެ.
މި ނިޒާމުގެ އިތުރަށް ދައުލަތުގެ ބައެއް އިދާރާތަކުން އަމިއްލައަށް އެކުލަވާލި ގަވާއިދުތަކާއި އުޞޫލުތަކެއްގެ ތެރެއިން އިތުރު ޕެންޝަނެއް ދެވެން ފެށުނެވެ. މިއާއެކު އުފެދުނީ ޑަބަލް ޕެންޝަން ސްކީމެވެ. އެއާއެކު ދައުލަތުގައި މަސައްކަތްކޮށް، ރިޓަޔަރވާ ފަރާތްތަކަށް ލިބޭ ޕެންޝަންގައި ހަމަހަމަކަން ގެއްލުނެވެ. ބައެއް ފަރާތްތަކަށް ޢާންމު އުޞޫލުގެ ބޭރުން މާ ގިނައިން ފައިސާ ލިބުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބޭ މީހެއް، އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި ވެސް މިހާރު ޕެންޝަން ލިބެއެވެ. އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާތީ، ދައުލަތުގެ ވަޒީފާއަކަށް އަނބުރާ އައުމުން، އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށްވެސް އިސްލާހުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. ސަރުކާރުން ގެންނަވަން ނިންމަވާފައިވާ މި ބަދަލުތަކާއެކު ދައުލަތުގެ މާލިއްޔަތަށް ލުއިވެ، ހަރުދަނާ ޕެންޝަން ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
