
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މިދިޔަ މަހު އެކަނިވެސް މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ މަހު ކްލިއަރ ކުރި ކޮންޓެއިނަރުގެ އަދަދު އިތުރުވެއްޖެއެވެ. މިދިޔަ އަހަރު އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ.
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު އެކުންފުނިން ވަނީ 6،663 ޓީއީޔޫސް ކްލިއަރކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރެވެ.
ތަފާސްހިސާތައް ދައްކާގޮތުން، މިދިޔަ ޖުލައި މަހު އެކުންފުނިން ވަނީ 6،320 ޓީއީޔޫސް ކްލިއަރކޮށްފައެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ. މިއާއެކު މިދިޔަ އޮގަސްޓް މަހު އެމްޕީއެލުން ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު ވަނީ 5.4 އިންސައްތަ އިތުރު ވެފައެވެ. އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ.
އެމްޕީއެލުން ކްލިއަރކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް:
• ބިސް: 71،037 ޓަނު
• ފިޔާ: 55،581 ޓަނު
• ކަރާ: 31،966 ޓަނު
• އަލުވި: 24،225 ޓަނު
• ޓޮމާޓޯ: 16،918 ޓަނު
• އަލަނާސި: 12،384 ޓަނު
• ކެބެޖު: 12،400 ޓަނު
• ދޮންކެޔޮ: 10،949 ޓަނު
ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޕީއެލުންވަނީ މިދިޔަ މަހު ދުވާލަކު އެވްރެޖްކޮށް 155 ކޮންޓެއިނަރ ކްލިއަރކޮށްފައެވެ. މިއީ ޖުލައި މަހު އެމްޕީއެލަށް ދުވާލަކު އެވްރެޖްކޮށް ކްލިއަރކުރެވުނު 145 ކޮންޓެއިނަރާއި އަޅާ ބަލާއިރު 7 އިންސައްތަ އިތުުރު އަދަދެކެވެ. ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލުން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލުން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މީގެ އިތުރުން، އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
