
(ފޮޓޯ ކްރެޑިޓްސް: ޕެންޝަން އޮފީސް)
ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަށް ކެޕިޓަލް މާކެޓްގެ ދައުރު ބޮޑުކަމާއި، މި ދާއިރާ އިތުރަށް ފުޅާކުރުން މުހިންމުކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ‘މޯލްޑިވްސް ފައިނޭންސް ފޯރަމް’ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ‘މޯލްޑިވްސް ފައިނޭންސް ފޯރަމް 2025’ އަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މި ދާއިރާގައި ޙަރަކާތްތެރިވާ އިސް މަސްއޫލްވެރިން އެއްތަނަކުން ބައްދަލުވެ، ރާއްޖެއަށް އިޤްތިޞާދީގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދު އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުންދާއިރު ޤައުމުގެ މާލީ ނިޒާމު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ބޭންކުތަކަށް ކަމަށެވެ. ނަމަވެސް އުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަން އަދި ފަތުރުވެރިކަމުގެ އިތުރުން ނޫ އިޤްތިޞާދު ފަދަ ދާއިރާތަކަށް ބޭނުންވާ ފައިނޭންސިންގ ހަމައެކަނި ބޭންކުތައް މެދުވެރިކޮށް ހޯދުމަކީ ދަތިކަމެއްކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕެންޝަން އޮފީސް)
ވަޒީރު ވިދާޅުވީ، އެތެރޭގެ އަމްދަނީގެ ނިޒާމު ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ. އެއާއެކު ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމައެކަނި ޕަބްލިކް ފައިނޭންސިންގ މެދުވެރިކޮށް ހޯދުމަކީވެސް ކުރަން އުނދަގޫކަމެއްްކަމަށް ވިދާޅުވިއެވެ. “މިކަންކަން ހައްލުކުރުމަށް ކެޕިޓަލް މާކެޓެއް މުހިންމު. އެގޮތުން ދިގު މުއްދަތަށް ރައްކާކުރާ ފައިސާ އިންވެސްޓްކުރާނެ ގޮތްތަކާއި، ފައިނޭންސިންގެ ފުރުސަތުތައް ފުޅާކޮށް، އިޤްތިޞާދުގެ ވިލުންތެރިކަން އިތުރުކުރުމަށް ކެޕިޓަލް މާކެޓް މުހިންމު ދައުރެއް އަދާކުރޭ. ތަފާތު އިންވެސްޓްމެންޓް ޕްރޮޑަކްޓްތައް ތަޢާރަފްކޮށް ފުރުސަތުތައް ހުޅުވާލަންޖެހޭ.” މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ހަމަމިއާއެކު، ދެމެހެއްޓެނިވި ލަނޑުދަނޑިތަކާއި އެެއްގޮތަށް އެކުލެވިފައިވާ ބޮންޑާއި ސުކޫކާއި ފެހި އަދި ނޫ ބޮންޑުތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތުތައް ޤާއިމްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ފަސޭހައިން ހޯދައިދެވޭނެގޮތް މަގުފަހިކޮށްދެންޖެހޭކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިކަންކަމަކީ ހަމައެކަނި ސަރުކާރަށް ހާސިލްކުރެވޭނެކަމެއް ނޫންކަމަށާއި، މިކަމުގައި އެންމެހާ އިދާރާތަކާއި ކުންފުނިތަކުގެ އެއްބާރުލުން މުހިންމުކަމަށެވެ. އަދި މިފަދަ ގޮތްތަަކަށް ރާއްޖޭގެ މާލީ ނިޒާމު ބައްޓަންކުރެވިއްޖެނަމަ ކެޕީޓަލް މާކެޓްގެ އިތުރުން ފައިނޭންޝިއަލް މާކެޓްވެސް ކުރިއަރާދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
