
އޮރެކްލް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އިންވެސްޓްމަންޓުން ބޮޑު މަންފާއެއް ލިބޭނެ ކަމުގެ އަންދާޒާ އެކު ހިއްސާގެ އަގު ވަރަށް ބޮޑަށް އުފުލި އެ ކުންފުނީގެ ކޯ ފައުންޑަރު ލެރީ އެލިސަން އަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބިދާނެ ކަމަށް ބެލެވިއްޖެ އެވެ. މިހާރު އެންމެ މުއްސަނދި މީހާ ކަމަށްވާ، ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކަށް އެ މަގާމު ގެއްލިދާނެ ކަމަށް ބެލެވުނީ ބައި ގަރުނުވާން ކައިރިވެފައިވާ ކުންފުނީގެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވި އެ ކުންފުނީގެ ހިއްސާގެ އަގަށް އައި އާދަޔާ ހިލާފް އުފުލުމާ އެކުގަ އެވެ. މި ބަދަލާ އެކު، އުމުރުން 81 އަހަރުގެ އެލިސަންގެ މިލްކިއްޔާތަށް އިތުރު 100 ބިލިއަން ވަނީ ލިބިފަ އެވެ. މި މަންފާއާ އެކު އެލިސަންގެ ޖުމްލަ މިލްކިއްޔާތު ވަނީ 406 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ފޯބްސްގެ ރިއަލްޓައިމް ބިލިއަނަޔާ އިންޑެކްސް އިން ދައްކާ ގޮތުގައި މަސްކުގެ މިލްކިއްޔާތަކީ 440 ބިލިއަނެއްހާ ޑޮލަރެވެ.
ބްލޫމްބާގްގެ ވެލްތު އިންޑެކްސްގައި އެލިސަންގެ މުއްސަނދިކަން މަސްކަށް ވުރެ ތަންކޮޅެއް މައްޗެވެ. މި އަދަދުތަކުގެ ފަރަގު އަންނަނީ އެ މީހުންގެ ބޮޑެތި އެސެޓްތަކުގެ އަގުމަގުކުރާ ގޮތުންނެވެ. ކަނާތު ފިޔައިގެ ސިޔާސީ މީހުންނަށް މަސްކުގެ ތާއީދު ހާމަކުރަމުން ދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުމުގައި މި އަހަރު ވަނީ މަސްކުގެ ޓެސްލާ ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފަ އެވެ. ޓެސްލާ އިން ވަނީ އެ ކުންފުނިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވެއްޖެ ނަމަ، 2035 ވަނަ އަހަރުގެ ނިޔަލަށް 1 ޓްރިލިއަން ޑޮލަރު މަސްކަށް ބަދަލުގެ ގޮތުގައި ދިނުމަށް ހުށަަހަޅައިފަ އެވެ. މި ޕްލޭނަށް ހިއްސާދާރުން ވޯޓުލާނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރައްވާ އެލިސަންގެ 1.1 ބިލިއަނަށްވުރެ ގިނަ ހިއްސާ އޮރެކްލްގައި އޮންނަ ކަމަށާއި ކުންފުނީގެ އިކުއިޓީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއްގެ މި ހިއްސާއަށް ޖެހޭ ކަމަށް އެސް އެންޑް ޕީ ކެޕިޓަލް އައިކިއު އިން ބުނެ އެވެ. އޮރެކްލް އިން ލަފާކުރާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ކްލައުޑް ވިޔަފާރި އާމްދަނީ 77 ޕަސެންޓް އިތުރުވެ، 18 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ޖެހިގެން އަންނަ އަހަރު 32 ބިލިއަން ޑޮލަރު، އަނެއް އަހަރު 73 ބިލިއަން ޑޮލަރު، އޭގެ ފަހުން 114 ބިލިއަން ޑޮލަރު އަދި ޖެހިގެން އަންނަ އަހަރު 144 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
