
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން އޮރެންޖު ގެނެސް، ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަން ފަށައިފިއެވެ. ބާޒާރުގައި މިވަގުތު އޮރެންޖެއް ވިއްކަމުންދަނީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އެއީ ކިލޯއިން ބަލާނަމަ ގާތްގަނޑަކަށް ކިލޯއެއް 72 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އާންމު ރައްޔިތުންނަށް ބޮޑު އަގަކަށް މިއަގުވުމުން އެސްޓީއޯއިން ވަނީ އޮރެންޖު ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 35 ރުފިޔާއަށެވެ. އެސްޓީއޯއީން އޮރެންޖު ލިބެންހުރީ އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ފިހާރާގައެވެ.

ބާޒާރުގައި ބައެއް ތަކެތި އަގުބޮޑުވުމުން ހެޔޮ އަގެއްގައި ޟަރޫރީ ތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިކަން ފަހިކުރުމަށް އެސްޓީއޯ މެދުވެރިކޮށް، ހެޔޮ އަގެއްގައި ބައެއް ތަކެތި ވިއްކައެވެ. މިފަހުން ފިޔާ އަގު ބޮޑުވުމާ ގުޅިގެންވެސް، ފިޔާ ގެނެސް އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކިއެވެ. މީގެ އިތުރުން ރަމަޟާން މަހާ ދިމާކޮށް އެންމެ އަގު ބޮޑުވާ ތަކެތި އެތެރެކޮށް، އަގު ހެޔޮކޮށް އެސްޓީއޯއިން ވިއްކައެވެ. ސަރުކާރުގެ އަމާޒަކީ އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ކެއިން ބުއިމާއި، އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
