
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހޮލީވުޑްގެ 1،800އަށްވުރެ ގިނަ ފަންނާނުން ޔަހޫދީންގެ ފިލްމީ މުއައްސަސާތަކާއެކު މަސައްކަތް ނުކުރާނެ ކަމަށް ޢަޙްދުވެއްޖެއެވެ. ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ފަންނާނުން ސޮއިކޮށްފައިވާ ޢަޙްދުގައި ބުނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި އެ ބައެއްގެ އަތެއް ވާ ކަމަށް ބެލެވޭ އެއްވެސް ފިލްމީ މުއައްސަސާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ. ޣައްޒާއަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ލިބޭނެ މަގުތައް ބަންދުކޮށް، ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ޢުދުވާން ފެށިފަހުން ދެ އަހަރުވާން ގާތްވެފައި ވާއިރު، ޔަހޫދީ ސަރުކާރާއެކު އޮންނަ ގުޅުމުގެ ސަބަބުން ބައެއް ކުންފުނިތައް ބޮއިކޮޓު ކުރުމަށް ގޮވާލައި އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.
ފަންާނުންގެ ޢަޙްދުގައި ބުނީ ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރި ފިލްމްމޭކާސް ޔުނައިޓެޑް އަގެއިންސްޓް އަޕާތޭޑުން ފިލާވަޅާއި ހިތްވަރު ލިބިގަނެ، ޔަހުދީންނާ ގުޅުންހުރި ފިލްމީ ކުންފުނިތަކާއެކު މަސައްކަތް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ޔަހޫދީން އިންސާނީ ހައްޤުތަކާ ޚިލާފުވަމުންދާއިރު، އެ ފަދަ ޢަމަލުތަކާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ނުކުރުމަށް ފަންނާނުން ވަނީ ގޮވާލައިފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާއަކީ ބޮޑު ކަމެއް ނޫން ކަމަށް ދެއްކުމަށް ޔަހޫދީންގެ ފިލްމީ ކުންފުނިތަކުން މަސައްކަތް ކުރާ ކަމަށް ވެސް އެ ޢަޙްދުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ބިންތައް ޔަހުދީން ފޭރިގަންނަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ޢަދުލްއިންސާފާ ބެހޭ ކޯޓު، އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް ވެސް އެ ޢަޙުދުގައި އަލިއަޅުވާލާފައިވެއެވެ. އަދި ޣައްޒާގައި ހިންގަމުންދާ ޢުދުވާނަކީ ބަޔަކު ނަސްލުހޭދު ކުރުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ވިދާޅުވުމަށް ވެސް އަލިއަޅުވާލާފައިވެއެވެ. ޢަޙުދުގައި ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އޮލިވިއާ ކޯލްމަންއާއި އެމާ ސްޓޯންއާއި މަރކް ރަފަލޯއާއި ޓިލްޑާ ސްވިންޓަންއާއި ރިޒް އަޙްމަދުގެ އިތުރުން ހަވިޔާ ބާޑެމްއާއި ސިންތިޔާ ނިކްސަން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
