
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ސައުތު އޭޝިއަން ސުޕަކަޕުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ގަލޮޅު ދަނޑުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުވަނީ ގަލޮޅު ދަނޑުން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. ޤައުމީ ޓީމުގެ ކުޅުންތެރިން ސައުތު އޭޝިއަން ސުޕަކަޕްގައި ކުރި ހިތްވަރާއެކު އެ މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ހޯދައިދިން ރީތި ނަން ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވިއެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް މަރުހަބާކިއުމާއެކު ސައުތު އޭޝިއަން ސުޕަކަޕްގެ ޓްރޮފީއާއެކު ފޮޓޯ ނެގުމާއި ކުޅުންތެރިންނާއެކު ފޮޓޯ ނެގުންވެސް ކުރިޔަށް ގެންދިޔައެވެ.
މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖޭގޭ ގައުމީ ޓީމުން ހޯދި ފުރަތަމަ މޮޅާއެކު ގައުމީ ޓީމު އެނބުރި އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ޓީމަށް ވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަައުމީ ޓީމަށް މަރުހަބާ ވިދާޅުވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިގު (ޓޮމް) އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އަދި ސްޓޭޓް މިނިސްޓަރ އަބުދުއްރައްޒާގް އިބްރާހިމްގެ އިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންނެވެ.
ގައުމީ ޓީމުން ވަނީ ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށް ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސްދީފައެވެ. އަދި ގައުމީ ޓީމުން ވަނީ ސަޕޯޓަރުންނަށް އިތުރު ހިތްވަރާއި ގައުމީ ޖޯޝު އަލުން އަނބުރާ ގެނެސްދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
