Read Time:3 Minute, 49 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ފަޚުރުވެރި ކާމިޔާބީ ހޯދި ރާއްޖޭގެ ގައުމީ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ތައްޓާއިއެކު ޤައުމީ ޓީމު ރާއްޖެ އައުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ، ކުޅިވަރު ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅިވަރު އާއިލާގެ ބޭފުޅުންނެވެ. އެއާޕޯޓުން މަރުޙަބާ ދެންނެވުމަށް، ކަމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްއާއި، މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްސަ އައިޓަމެއްވެސް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަފްލާއަށް ވީހާވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ދަނޑަށް އައުމަށް ކުޅިވަރު ވުޒާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތުދީފައެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. ޤައުމީ ޓީމަށް ހޯދި ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ މަރުޙަބާ ދަންނަވާފައެވެ. ޤައުމީ ޓީމަށް ސާބަސް ދެއްވައި ރައީސުލް ޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާކަމަށެވެ.

 

 

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %