
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 18 ގައުމަކަށް މުދާ ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެން ތަޢާރަފްކުރީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ދަނީ ލިބެމުންނެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ވަނީ ބޭރުކޮށްފައެވެ. މިއީ 77 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އޮގަސްޓް މަހު 9 އެއަރލައިނަކުން ރާއްޖެއިން ބޭރަށް ވަނީ ކާގޯ ފޮނުވާފައެވެ.
އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް ރާއްޖެއިން މުދާ ފޮނުވި އެއަރލައިންތައް:
• ވަރޖިން އެޓްލާންޓިކް
• އިއްތިހާދު އެއަރވޭސް
• ލުފްތަންސާ
• ގަތަރު އެއަރވޭސް
• ޓާކިޝް އެއަރލައިން
• އަޒަރުބައިޖާން އެއަރލައިން
• ސައުދީ އެއަރލައިން
• ސްވިސް އެއަރލައިން
• އައިޓީއޭ އެއަރވޭސް
ސީ-ޓު-އެއަރ މެދުވެރިކޮށް ގިނަ ގައުމުތަކަކަށް މިހާރު ދަނީ މުދާ ބޭރުކުރަމުންނެވެ. އެގޮތުން އޮގަސްޓް މަހު އެކަނިވެސް 18 ގައުމަކަށް ވަނީ މުދާ ބޭރުކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އޮގަސްޓް މަހު މުދާ ބޭރުކުރި ގައުމުތައް:
• އިޓަލީ
• އެމެރިކާ
• ޖަރުމަނުވިލާތް
• ނެދަލޭންޑްސް
• ފްރާންސް
• ކެނެޑާ
• ގްރީސް
• އިނގިރޭސިވިލާތް
• ފަލަސްތީން
• ބެލްޖިއަމް
• ޑެންމާކް
• ސްވިޑެން
• ޕޯޗުގަލް
• ކޮސޯވޯ
• ތުރުކީ
• އޮސްޓްރިއާ
• ޗެކް ރިޕަބްލިކް
• އަޔަލޭންޑް
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
