Read Time:2 Minute, 24 Second

(ފޮޓޯ ކްރެޑިޓްސް: މިހާރު)

 

 

ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން އިންސާނާގެ ރޫހާނީ އަދި ނަފުސާނީ ބޭނުންތައް ފުދިގެންނެވެ. އިސްލާމްދީނަކީ ސާފު ތައުހީދުގެ އަގީދާ އާއި، ރިވެތި އަހުލާގާއި، އަދުލުވެރި ޝަރީއަތުގެ އިތުރުން ކޮންމެ ޒަމާނަކަށް ވެސް ފެތޭ ފަދަ ފުރިހަމަ އަސާސްތަކެއް އެކުލެވޭ ދީނެކެވެ. މީގެ ނުވަސަތޭކަ އަހަރު ކުރިން ފެށިގެން ދިވެހިން އިސްލާމްދީން ބަލައިގަތުމުގެ ސަބަބުން ދިވެހި މުޖުތަމައަށް އަމާންކަމާއި، އެއްބައިވަންތަކަމާއި، ވަރުގަދަ އިސްލާމީ އައިޑެންޓިޓީއެއް ވަނީ ލިބިފައެވެ. އަދި ދިރިއުޅުމުގެ ހަގީގީ އަމާޒަކީ ﷲ އަށް އަޅުވެތިވެ ދެދުނިޔޭގެ ކާމިޔާބު ހޯދުންކަން ވަނީ ސާފުވެފައެވެ.

 

 

މި މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ދީނުގެ މަތީގައި ސާބިތުވެ ތިބުމާއި، އަންނަން އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތުކުރުން މުހިންމެވެ. ހަމައެއާއެކު، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމާއެކު ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަށް އެންމެހާ ދިވެހިން އަޒުމް ކަނޑައަޅައި މަސައްކަތްކުރަން ޖެހެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %