
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ ފަހުގެ އިންތިޚާބުތަކުގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ)އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހި ޤާނޫނުހަދާ މަތިގެއާއި ތިރިގޭގެ އަޣުލަބިއްޔަތު ގެއްލިފައި ވަނިކޮށެވެ. އިޝިގާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ އެމެރިކާއާއެކު މުހިންމު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން ޖަޕާނުން ވަނީ އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ އުޅަނދުތަކުން ނަގައި ޑިޔުޓީ ކުޑަކުރުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައެވެ. އިޝިބާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޮޑު ގޮންޖެހުމަކުން މިހާރު ސަލާމަތްވެވިފައިވާ ކަމަށާއި، އޭނާގެ އިސްތިޢުފާއަް ފަހު ވެެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވައި ކަމަށެވެ. އިންތިޚާބުތަކުގައި ލިބިފައިވާ ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.
އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވެސް ވަނިކޮށެވެ. ޕާޓީގެ މަޤުބޫލުކަން ގެއްލެމުން ދިޔަ ވަރަކަށް ޕާޓީގެ ތެރޭގައި ބައިބައިވުން ވެސް ވަނީ އިތުރުވެފައެވެ. އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން އެލްޑީޕީގެ އައު ލީޑަރު ހޮވުމަށް ކުއްލި ގޮތަކަށް ދަނީ ތައްޔާރުވަމުންނެވެ. އިޝިބާއަށް ފަހު މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ހަމަޖެހެންދެން ޕާޓީގެ ލިީޑަރާއި ބޮޑުވަޒީރުގެ މަޤާމުގައި އޭނާ ދެމިހުންނަވާނެއެވެ. އެލްޑީޕީގެ ލީޑަރުގެ މަޤާމަށް ސަނައެ ތަކައިޗީ އާއި ޝިންޖިރޯ ކޮއިޒުމީ ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު، ސެނޭ ތަކައިޗީއަކީ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕާޓީގެ އިންތިޚާބުގައި ތަކައިޗީގެ މައްޗަށް އިޝިބާ ކުރި ހޯއްދަވާފައި ވަނީ ވަރަށް ހަނިކޮށެވެ.ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ. އަދި ލޯނުތަކުން ނަގައި އިންޓަރެސްޓުގެ ޢަދަދު މަތި ކުރުމަށް އޭނާ ދެކޮޅުހައްދަވައެވެ.
ދަނޑުވެރިކަމާވެހޭ ވަޒީރުގެ މަޤާމުގައި މިހާރު ހުންނެވި ޝިންޖިރޯ ކޮއިޒުމީއަކީ ފާއިތުވި ދުވަސްތަކުގައި ޖަޕާނުގައި ހަނޑުލުގެ އަގު ކުއްލި ގޮތަކަށް މައްޗަށް ދިޔުމުން އެ މައްސަލަ ޙައްލުކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ބޭނުން ކުރައްވައި ނަތީޖާ ނެރުއްވާފައިވާ ބޭފޫޅެކެވެ.
އެލްޑީޕީއަށް ޤަނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު ގެއްލިފައިވާތީ އެލްޑީޕީގެ އިސްވެރިޔާގެ ގޮތުގައި ދެން ޙަވާލުވެވަޑައިގަންވާ ބޭފުޅަކަށް ޤައުމުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލު ނުވެވިދާނެއެވެ. އެ ޙާލަތުގައި ދައުރު ނިމުމުގެ ކުރިން އައު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
