
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފްތާގައި 1359 ކޮންޓެއިނަރ ކްލިއަރކޯށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ. މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް 24 އިން އޮގަސްޓް 30 ވަނަ ދުވަހުގެ ނިޔަލަށް 1359 ކޮންޓެއިނަރ ވަނީ ކްލިއަރކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރއާއި 40 ފޫޓުގެ 403 ކޮންޓެއިނަރ ހިމެނެއެވެ. އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެއީ 14،540 ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ 11،617 ބަސްތާއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކްލިއަރކޮށްފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް:
• ކަރާ: 5،415 ކޭސް
• އަލުވި: 5،647 ބަސްތާ
• ޓޮމާޓޯ: 3،672 ކޭސް
• އަލަނާސި: 1،819 ކޭސް
• ކެބެޖު: 2،157 ކޭސް
• ދޮންކެޔޮ: 2،087 ކޭސް
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް،މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
