
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މާލޭ އުތުރުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސަައްކަތުގެތެރޭގަ ހިމެނެނީ 128 މީޓަރުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތެވެ. އެއީ ލޯކަލް މާރުކޭޓުން ފަށައިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަަހައްދު ތަރައްޤީކުރުމެވެ. ބޮޑުތަކުރުފާނު މަގުގެ އެސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުގައެވެ. މި މަޝްރޫޢުގެ މަސައްކަތް ރޭވިފަ ވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާތަނަށް އައިރު މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްޗަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީގެ ސިނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް އަބްދުﷲ ފާއިޒް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެސަރަހަދުގެ އެއްގަމު ތޮށި ނަގައި، އައު އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްކަމަށާއި، އެގޮތުން މިހާރު ގާތްގަނޑަކަށް 65 އިންސައްތަ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށް ޝަރްވަސް ވިދާޅުވިއެވެ. އަދި މިއާއެކު މަގު ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައް މިވަގުތު ކުރަމުންދާއިރު، އެކަންކަން ނިމުމުން، މަގަށް ބޭނުންވާ ހިއްކުމުގެ މަސައްކަތަށް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
“މަގުތާރުއާޅާ ނިންމަން ހަމަޖެހިފަ މިވަނީ ރޯދައިގެ ކުރިއަށް. އެގޮތުން ރޯދަމަހަކީ މާރުކޭޓް ސަރައްދުގަ ކާރުބާރު ބޮޑުވާ ދުވަސްވަރެއް ކަމުން އާންމުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ރޯދައިގެ ކުރިއަށް މަގުގެ ތާރުމަސައްކަތާއެކު ހުޅުވާލުން.” އެމްޓީސީސީގެ ސިނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

މިމަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ޒަމާނީ ފެންވަރަށް ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު ސަރަޙައްދު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ހަދާއިރު 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެސަރަޙައްދުގެ މަގުގެ ތާރުއަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭނެހެން 4 ލޭނަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މި މަޝްރޫޢާއެކު މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މި ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެކަމަށެވެ. މިގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސް އަދި ވިޔަފާރިތަކާއި މާލޭ މަސްމާރުކެޓު އަދި ދަތުރުވެރިންގެ މާރުކޭޓު ހުންނަ މިސަރަޙައްދު ތަރައްޤީވުމާއެކު ގިނަ ބަޔަކަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތުނުކުރަން އިލްތިމާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމަކީ ޤާނޫނީ ކުށަކަށްވާތީ، އެފަދަ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ....
“ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ”
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ) ތިލަފުށީ ބައިނަލްއަޤުވާމީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ވަކި ފަރާތަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ...
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
